މިސްކިތް ބިނާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

ރާއްޖޭގައި މިސްކިތް ބިނާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީއިން އެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ. މިކަން ހާމަކުރައްވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދ...

11 Dec 2023 | 10:53

ރާއްޖޭގައި މިސްކިތް ބިނާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީއިން އެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.

މިކަން ހާމަކުރައްވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ވިދާޅުވެފައިވަނީ ވިޔަފާރިވެރިންގެތެރޭގައި މިސްކިތްބިނާކުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އެކަކު ނުވަތަ ގިނަ ބަޔަކުވެގެން މިސްކިތެއް އަޅަންބޭނުންވާނަމަ ބިން ހަމަޖައްސައިދިނުމާއި އެނޫން އިދާރީ ފަސޭހަތައް ހަމަޖައްސައިދޭން މިނިސްޓްރީން ނިންމާފައިވާކަމަށެވެ.

އެގޮތުން ރަށްތަކާއި އަތޮޅުތަކާއި ސިޓީތަކުގައި މިސްކިތް ބިނާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު މިހާރު ހުޅުވާލެވިފައިވާކަމުގައި މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް