ފަވަރަގައި އިތުރު ދެ ބޭންކް ބައިވެރިވެ، ޖުމްލަ އަދަދު ފަހަކަށް

ދިވެހިރާއްޖޭގައި ފަސޭހަ، އަވަސް، އަދި ރައްކާތެރި ޕޭމަންޓް ޚިދުމަތެއް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން އެމްއެމްއޭ އިން ކުރިޔަށް ގެންދާ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދ...

11 Dec 2023 | 10:43

ދިވެހިރާއްޖޭގައި ފަސޭހަ، އަވަސް، އަދި ރައްކާތެރި ޕޭމަންޓް ޚިދުމަތެއް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން އެމްއެމްއޭ އިން ކުރިޔަށް ގެންދާ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ޤާއިމްކޮށްފައިވާ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (އައިޕީއެސް) – ފަވަރަ ގައި އިތުރު ދެ ބޭންކަކުން މިއަދު ބައިވެރިވެއްޖެއެވެ.

އެމްއެމްއޭއިން މިއަދު ބުނެފައިވާގޮތުގައި، އެގޮތުން ސިސްޓަމްގައި އަލަށް ބައިވެރިވީ ބޭންކް އޮފް ސިލޯން (ބީއޯސީ) އަދި މޮރިޝަސް ކޮމާޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް (އެމްސީބީ) އެވެ. އެ ބޭންކުތަކުން ވަނީ ފަވަރަ އާއި ގުޅުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ފުރިހަމަކޮށް ޕައިލަޓް ޓެސްޓިންގ ނިންމާފައި ކަމަށާއި މިއަދުން ފެށިގެން، އެ ދެ ބޭންކުގެ ކަސްޓަމަރުންނަށް ފަވަރަ ޓްރާންސްފަރ، ފަވަރަ ރިކުއެސްޓް، ފަވަރަ އައިޑީ އަދި ފަވަރަ ރީކޯލް ހިމެނޭހެން، ފަވަރަގެ އެންމެހާ ޚިދުމަތްތައް ލިބިގެންދާނެ ކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.

ބޭންކް އޮފް ސިލޯންއާއި މޮރިޝަސް ކޮމާޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް އާއިއެކު، ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ ހިމެނޭހެން ޖުމްލަ ފަސް ބޭންކެއް މެދުވެރިކޮށް ފަވަރަގެ ޚިދުމަތްތައް މިހާރު ލިބިގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް