އެކުވެރި އަރަބި އިމާރާތަށް މުންދު، އިނގިރޭސިވިލާތަށް ޑރ. އިރުތިޝާމް، އދ އަށް ޑރ. އަލީ ނަސީރު

ސަފީރު ކަމަށް އައްޔަނު ކުރެއްވުމަށް ތިން ނަމެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ތިން ނަމެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ...

11 Dec 2023 | 04:40

ސަފީރު ކަމަށް އައްޔަނު ކުރެއްވުމަށް ތިން ނަމެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ތިން ނަމެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅާފައިވަނީ:-

އެކުވެރި އަރަބި އިމާރާތަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް މުހައްމަދު ހުސެއިން ޝަރީފް (މުންދު)

އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް ޑރ. އިރުތިޝާމް އާދަމް

އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ (އދ) ގެ ދާއިމީ މަންދޫބު ކަމަށް ޑރ. އަލީ ނަސީރު މުހައްމަދު

ރައީސް މުއިއްޒުގެ ސިޓީފުޅުގައި އެދިލައްވާފައިވަނީ މި ނަންތަކާއިމެދު ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ހޯއްދަވައި މަޖިލީހުން ނިންމެވިގޮތް އަންގައިދެއްވުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް