އަބޫބަކުރު ފައިސަލްގެ ބަންދަށް 15 ދުވަސް

ހދ. ނޮޅިވަރަމްގައި މަރުވެފައި އޮއްވާ ފެނުނު ނިޝާމާ މުހައްމަދުގެ ފިރިމީހާ، އަބޫބަކުރު ފައިސަލްގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ދީފިއެވެ. ނިޝާމާގެ މަރަކީ ގަސްތުގައި ހިންގާފައިވާ ގަތުލެއްކަމުގައ...

11 Dec 2022 | 17:07

ހދ. ނޮޅިވަރަމްގައި މަރުވެފައި އޮއްވާ ފެނުނު ނިޝާމާ މުހައްމަދުގެ ފިރިމީހާ، އަބޫބަކުރު ފައިސަލްގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ދީފިއެވެ.

ނިޝާމާގެ މަރަކީ ގަސްތުގައި ހިންގާފައިވާ ގަތުލެއްކަމުގައި ޝައްކު ކުރެވޭއިރު އަދި އެ ޝައްކު އަބޫބަކުރު ފައިސަލަށް ކުރެވޭއިރު މިރޭ ފުލުހުން ބުނެފައިވަނީ އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ކޯޓުން ދީފައިވާކަމަށެވެ.

މި މައްސަލައިގާ އަދި މާ ގިނަ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުން ހާމަކޮށްފައިވާ މިންވަރަށް ބަލާއިރު ނޮޅިވަރަމްގައި އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދު ކިޔާ މީހަކު މަރާލާފައިވާކަމަށް ބުނާ މައްސަލައެއްގައި އޭނާގެ ފިރިމީހާ އދ. ފެންފުށީ، ރޯޒީ ވިލާ، އުމުރުން 28 އަހަރުގެ އަބޫބަކުރު ފައިސަލް އިއްޔެ ހައްޔަރު ކުރިއެވެ.

އަބޫބަކުރު ފައިސަލް އޭނާގެ ތިން ދަރިންގެ މަންމަ އަދި އޭނާގެ އަނބިމީހާ، ނިޝާމާ މުހައްމަދު ގަސްތުގައި މަރާލީ ކަމަށް ޝައްކު ކުރެވޭއިރު އެ ޝައްކު އިތުރަށް ޔަގީން ކުރުމަށް ނިޝާމާގެ ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުންގެ ތަހުގީގު ޓީމުން ވަނީ ނިންމާފައެވެ .

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް