ޖާބިރުގެ ޑީއާރުޕީ އުވާލަނީ

ދިވެހި ރައްޔިތުންގެ ޕާޓީ (ޑިއާރުޕީ) އުވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފި އެވެ. އެކަން އީސީން ވަނީ "ދުވަސް" އަށް ކަށަވަރުކޮށްދީފައި އެވެ. އެ ޕާޓީ އުވާލަން އީސީގެ އާންމު ޖަލްސާގައި ނިނ...

11 Dec 2022 | 15:00

ދިވެހި ރައްޔިތުންގެ ޕާޓީ (ޑިއާރުޕީ) އުވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފި އެވެ.

އެކަން އީސީން ވަނީ "ދުވަސް" އަށް ކަށަވަރުކޮށްދީފައި އެވެ. އެ ޕާޓީ އުވާލަން އީސީގެ އާންމު ޖަލްސާގައި ނިންމީ ސިޔާސީ ޕާޓީގެ ގާނޫނުގައި ޕާޓީ ވުޖޫދުގައި އޮތުމަށް ގާނޫނު ލާޒިކްމް ކުރާ އަދަދަށް މެންބަރުން ހަމަނުވާތީ އެވެ.

ސިޔާސީ ޕާޓީއެއް އުވާލުމުގެ ކުރިން ނިންމަން ޖެހޭ ގިނަ މަރުހަލާތަކެއް ހުރެ އެވެ.

އޭގެ ތެރޭގައި އީސީގެ އެ ނިންމުން ޑީއާރުޕީއަށް އަންގައި އެ ޕާޓީ އާއި ބައްދަލު ކުރާނެ އެވެ. އަދި އެ ޕާޓީގެ ދަރަންޏާއި މެދު އަމަލު ކުރާނެ ގޮތަކާއި، ދަރަންޏަށް ޒިންމާވާނެ ފަރާތެއް ކަނޑައަޅައި އެ ކަންކަން ކުރިޔަށް ގެންދާނެ ގޮތެއްވެސް ކަނޑައަޅާނެ އެވެ.

އީސީން މައުލޫމާތު ދިން ގޮތުގައި އެ ކޮމިޝަނުގެ އާންމު ޖަލްސާގައި އެ ހުރިހާ މަރުހަލާއަކައިގެން ކުރިޔަށް ދިއުމަށް ވަނީ ނިންމާފައި އެވެ. އެކަމަކު އެކަންކަމަށް އަދި ދުވަސްތަކެއް ހޭދަވާނެ ކަމަށް ބުނެ އެވެ.

ޑީއާރުޕީ އަކީ ކުރީގެ ރައީސް މައުމޫން އަބްދުފް ގައްޔޫމް އިސްކޮށް ހުންނަވައި އުފެއްދި ޕާޓީ އެކެވެ. އެ ޕާޓީގެ ތެރޭގައި މައްސަލަ ޖެހި އުފެނުނު ހިޔާލުތަފާތުވުންތަކުގައި ހިންގުންތެރިން ބަދަލުވަމުން އައިސް މިހާރު އެ ޕާޓީގެ ލީޑަރުގެ ގޮތުގައި ހުންނެވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.

މީގެ ކުރިން ރާއްޖޭގެ އެންމެ ގިނަ މެމްބަރުން ތިބި ސިޔާސީ ޕާޓީގެ ގޮތުގައި އޮތް ޕާޓީގައި 3،000 މެމްބަރުން ހަމަ ނުވެގެން އުވާލަން އީސީން ނިންމީ ނޯޓިސް ދިނުމަށް ފަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް