ފުލުހުން ހިންގި ޓެރަރިޒަމްގެ އޮޕަރޭޝަންގައި ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކު ދޫކޮށްލަން ހައި ކޯޓުން އަމުރު ކޮށްފި އެވެ.
ގިނަ ބަޔަު މަރުވާ ގޮތަށް އެއްޗެއް ގޮއްވާލަން ރާވަމުން ދިޔަ ކަމުގެ ތުހުމަތުގައި14 މީހަކު ފުލުހުންނާއި ސިފައިން ހިންގި އޮަޕަރޭޝަންގައި ހައްޔަރު ކުރި އެވެ. އެމީހުން ހައްޔަރު ކުރީ މާލެ، އައްޑޫ އަދި ކ. ގުރައިދޫއިންނެވެ.
ހައި ކޯޓުން ދޫކޮށްލަން އަމުރު ކުރީ އައްޑޫ ސީޓީން ހައްޔަރު ކުރި މީހެކެވެ. އެމީހާއަކީ މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ އަމުރު ނެރެފައިވާ މީހެެވެ.
މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ އެމީހާގެ ފަރާތުންނެވެ.. މައްސަލައިގަ ބުނެފައިވަނީ އޭނާއާއި ދެކޮޅަށް ފު ލުހުން އަތުގައި ހެކި ނެތް ކަމަށެވެ.
މައްސަލަ ބެލުމަށް ފަހު ހައިކޯޓުންވެސް ނިންމީ އޭނާއާ ދެކޮޅަށް އިންޓެލިޖެންސް ރިޕޯޓެއް ހުށަހެޅުން ފިޔަވައި އިތުރު ހެއްކެއް ފުލުހުން ހުށަހަޅާފައި ނެތް ކަމަށެވެ. އަދި އެ ރިޕޯޓުގައި ހުރި ވާހަކަތަކަށް ބުރަދަނެއް ލިބޭ އިތުރު ހެއްކެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.
އެގޮތަށް ނިންމީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް