މިދިޔަ މަހު އަތުލައިގަތް 13 ކިލޯ ޑްރަގް މައްސަލައިގަ އެކަކު ޝަރީއަތް ނިމެންދެން ބަންދަށް

މިދިޔަ މަހު މާލެއިން އަތުލައިގަތް13 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގަ ހައްޔަރު ކުރި އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ. މި އޮޕަރޭޝަން ހިންގީ މިދިޔަ މަހުގެ1 7 ވަނަ ދުވަހުގެ ރޭ އެވެ. ފުލުހު...

11 Dec 2022 | 08:58

މިދިޔަ މަހު މާލެއިން އަތުލައިގަތް13 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގަ ހައްޔަރު ކުރި އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

މި އޮޕަރޭޝަން ހިންގީ މިދިޔަ މަހުގެ1 7 ވަނަ ދުވަހުގެ ރޭ އެވެ. ފުލުހުންގެ ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަންގައި 13.56 ކިލޯގެ މަސްތުވާތަކެއްޗާއި 644،020 ދިވެހި ރުފިޔާ އަތުލައިގެންފައިވެ އެވެ.

އެ މައްސަލައިގަ ހައްޔަރު ކުރީ ހަ މީހުންނެވެ. އެ އެންމެންނަީ ދިވެހިންނެވެ.

އެމީހުންގެ ބަންދަށް ފުރަތަމަ ކްރިމިނަލް ކޯޓުން ޖަހައިދިނީ15 ދުވަހެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މުއްދަތު ހަމަވުމުން ކޯޓަށް ހާޒިރުކުރުމުން އެކަކު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. އަނެއް ފަސް މީހުންނަށް ދީފައިވަނީ30 ދުވަހުގެ ބަންދެވެ

އެ ތަކެތި އަތުލައިގަތީ މާލޭގެ ދެ ގެއަކުންނާއި ހުޅުމާލޭގެ ގެސްޓް ހައުސްއަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް