ހިރިމަރަދޫގައި ޤާއިމްކުރާ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިފި

ހދ. ހިރިމަރަދޫގައި ސަރުކާރުން ޤާއިމުކުރާ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ހިރިމަރަދޫގައި ޤާއިމްކުރަން ހަމަޖެހިފައި ވަނީ 300 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށެވ...

11 Dec 2022 | 08:45

ހދ. ހިރިމަރަދޫގައި ސަރުކާރުން ޤާއިމުކުރާ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ހިރިމަރަދޫގައި ޤާއިމްކުރަން ހަމަޖެހިފައި ވަނީ 300 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށެވެ.

މި މިސްކިތް އިމާރާތް ކުރަން ހަވާލުކޮށްފަިއިވަނީ ވޭވްލެންތް ޕްރައިވެޓް ލިމިޓެޑާއި އެވެ.

ހިރިމަރަދޫގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މިސްކިތުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވާފައި ވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ އަދި ހިރިމަރަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދެވެ.

މިރަސްމިއްޔާތުގައި މިނިސްޓްރީގެ އިސް ބައެއް ބޭފުޅުންނާއި ތުރާކުނު ކައުންސިލުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

މިއީ 8.7 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އެއް އަހަރު ދުވަހުގެ ތެރޭގައި އިމާރާތްކޮށް ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއު އެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް