ފ. އަތޮޅުގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ދޭން ފަށައިފި އެވެ.
ލާމަރުކަޒީކޮށް ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެ އަތޮޅުގައި އަލަށް ހުޅުވާފައި ވަނީ ދަރަނބޫދުއާއި ފީއަލީ ޕޮލިސް ޕޯސްޓެވެ.
މިއާއި އެކު އެ އަތޮޅުގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ދޭން ފެށުނީ އެވެ.
މީގެ އިތުރުން ތ. އަތޮޅުގައި ވަނީ އަވައްޓެރި ފުލުހުންގެ ހިދުމަތް ތައާރަފުކޮށްފައި އެވެ މި ހިދުމަތް ގާއިމްކޮށްފައިވަނީ ވެރިރަށް ވޭމަންޑޫގައި އެވެ.
އަލަށް ހުޅުވި ޕޮލިސް ޕޯސްޓުތަކާއި އަވައްޓެރި ފުލުހުންގެ ހިދުމަތް ތައާރަފުކޮށްދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ޕޮލިސް ޕޯސްޓު ހެދުމަކީ މި ސަރުކާރުން ވަރަށް އިސްކަން ދީގެން ކުރަމުން އަންނަ މަސައްކަތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް