އިންޑިއާގެ ކުރީގެ މަޝްހޫރު ފިލްމީ ތަރި ސުޝާންތް ރާޖްޕުޓުގެ އެންމެ ފަހުގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ އާ ލޯބިވެރިޔަކު ގެންގުޅޭކަން ހާމަވެއްޖެ އެވެ.
ބޮލީވުޑަށް ނުކުމެ ދެ ފިލްމެއް ކުޅުނު ފަހުން ސުޝާންތު ވަނީ އަމިއްލައަށް ދަންޖެހިގެން މަރުވެފައި އެވެ. އޭނާ މުމްބާއީގައި ދިރިއުޅޭ އެޕާޓްމެންޓުގައި މަރުވެފައި ހުއްޓަ ފެނުނީ2020 ޖޫން14 ވަނަ ދުވަހު އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ރިއާ މިހާރު އުޅެނީ ބަންޓީ ސަޖްދޭހް އާއި އެވެ. ބަންޓީއަކީ އިންޑިއާގެ މަޝްހޫރު ކުޅިވަރު އަދި އެންޓަޓެއިންމެންޓް އެޖެންސީއެއް ހިންގާ ވިޔަފާރިވެރި އެކެވެ.
ރިއާގެ ގާތް މީހަކު ބުނީ ސުޝާންތު މަރުވެގެން ރިއާއަށް ކުރި ތުހުމަތުތަކާއި އެކު އޭނާގެ ދިރިއުޅުމަށް ލިބުނު ނިކަމެތު ކަމާއި ސުޝާންތުގެ ހަނދާންތަކާއި ދުރަށް ދިއުމަށް ރިއާއަށް އެންމެ ބޮޑު އެހީތެރިކަމެއް ވެދިނީ ބަންޓީ ކަމަށެވެ. ދެމީހުންގެ ގުޅުން ރަހުމަތްތެރިކަމުން ލޯތްބަށް ބަދަލުކޮށް ގުޅުން އާއިލާ އާއި ރަހުމަތްތެރިންނަށް އިއުލާނު ކުރީ މިއަހަރު ކުރީ ކޮޅު ކަމަށް ބުނެފައިވެ އެވެ.
އެމީހާ ބުނީ ބަންޓީ އާއި ރިއާގެ ގުޅުމަށް ދެ ފަރާތުގެ އާއިލާއިންވެސް ގަބޫލު ކަމަށެވެ. މި ހަފްތާ ބަންދުގައި ރިއާ ވަނީ ބަންޓީގެ ދައްތަ ސީމާ ސަޖްދޭހް އާއި އެކު ޕާޓީއަކަށްވެސް ގޮސްފައި އެވެ. އޭގެންވެސް ދެ ފަރާތުގެ ގުޅުން ބަދަހިކަން އެނގިގެންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް