ރައީސް ސޯލިހު، ފަރެސްމާތޮޑާއަށް ފުރާވަޑައިގެންފި

މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވަޑައިގެންނެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގދ. ފަރެސްމާތޮޑާއަށް ފުރާވަޑައިގެންނަވައިފި އެވެ. މިއަހަރު ރާއްޖޭގައި ފާހަގަ ކުރަމުންދަނީ42 ވަނަ މ...

11 Dec 2022 | 06:03

މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވަޑައިގެންނެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގދ. ފަރެސްމާތޮޑާއަށް ފުރާވަޑައިގެންނަވައިފި އެވެ.

މިއަހަރު ރާއްޖޭގައި ފާހަގަ ކުރަމުންދަނީ42 ވަނަ މަސްވެރިންގެ ދުވަހެވެ. މި ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ޑީސެމްބަރު10 ވަނަ ދުވަހު އެވެ.

ރައީސް އޮފީހުން ބުނީ އެމަނިކުފާނުގެ މި ދަތުރުފުޅުގައި މަސްވެރިންގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން ފަރެސްމާތޮޑާގައި ކުރިޔަށްދާ އެކިއެކި ޙަރަކާތްތައް ބައްލަވައިލައްވާނެއެވެ.

އެގޮތުން މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ކުރިޔަށްގެންދާ ފިޝަރީޒް އެކްސްޕޯއަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ދެޖިންސަށް ހުޅުވާލައިގެން ބާއްވާ މަސްކެނޑުމުގެ މުބާރާތެއްވެސް އެމަނިކުފާނު ޝަރަފްވެރިކޮށްދެއްވާނެއެވެ.

މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ރައީސް ސޯލިހެވެ.

އަދި، މި ދަތުރުފުޅުގެ ތެރެއިން މިއަދު ރައީސުލްޖުމްހޫރިއްޔާ ގދ. ފަރެސްމާތޮޑާ ކައުންސިލާއި، އ.ތ.މ ކޮމިޓީއާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވެ އެވެ. އަދި އެ ރަށުގައި މަސްވެރިންނާއިވެސް ބައްދަލު ކުރައްވާނެއެވެ.

އެމަނިކުފާނުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވާނީ މާދަމާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް