ޅ. އަތޮޅުގައި، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ލޯންޗު ފެރީގެ ޚިދުމަތުން އަގު ނަގަން ފަށައިފި އެވެ.
އައި ސްޕީޑު ފެރީގެ ހިދުމަތް އެ އަތޮޅުގައި ފެށީ މިދިޔަ މަހުގެ21 ވަނަ ދުވަހު އެވެ. އިއްޔެ އާއި ހަމައަށް ދަތުރު ކޮށްދީފައިވަނީ އަހުލުވެރި ކުރުވުމުގެ ގޮތުން ހިލޭ އެވެ.
ޅ. އަތޮޅުގައި އާރް.ޓީ.އެލް ފެރީގެ ޚިދުމަތުގެ ތިން ރޫޓެއްގައި ދެ އެވެ. އެ އަތޮޅުގައި ބޭނުން ކުރަނީ ދެ ލޯންޗެވެ
ޅ. އަތޮޅުގެ ދަތުރުތައް ތިން ރޫޓަކަށް ބަހާލާފައިވާއިރު އޭގެތެރެއިން އެއްރޫޓު ހާއްސަކޮށްފައިވަނީ އެއާޕޯޓުގެ ދަތުރުތަކަށެވެ. ދަތުރުތަކުގެ އަގު އުޅެނީ 35 ރުފިޔާ އާއި 125 ރުފިޔާ އާއި ދެމެދުގެ އަގުތަކެއްގައި އެވެ.
ސަރުކާރުން މިހާތަނަށް އާރުޓީއެލްގެ ޚިދުމަތް ފަށާފައިވަނީ ހއ. އަދި ހދ. ގެ އިތުރުން ށ. އަތޮޅުގައެވެ.
ހައިސްޕީޑް ފެރީގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ،
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް