އިންޑިއާގެ ފިލްމް އިންޑަސްޓްރީގައި އެންމެ ގިނަ ބަޔަކު މިހާރު ސުވާލު ކުރާ އެއްކަމަކީ އަލަށް މަންމަ އާއި ބައްޕައަށްވި ރަންބީރު ކަޕޫރާއި އާލިއާ ބަޓް ދަރުފުޅު ބަލަން ގެންގުޅޭ ޕްލޭންތަކެވެ.
ދެމަފިރިންނަށް އަލަތު ދަރިފުޅު ލިބުނީ މިދިޔަ މަހުގެ ހަ ވަނަ ދުވަހު އެވެ. ދަރިފުޅަށް ކިޔަނީ ރަހާ ކަޕޫރެވެ.
ވިހެއުމުގެ ކުރިންވެސް ރަންބީރު ވަނީ ދަރިފުޅު ބެލުމުގައި އޭނާ ބޮޑު ޒިންމާއެއް އަދާ ކުރަން ބޭނުންވާ ކަމަށް ބުނެފައި އެވެ. އަދި ވިހެއުމުން އާލިއާއަށް ހަ މަސްވަންދެން ދަރިފުޅު ބެލުމުގެ އެއްވެސް ކަމެއް ނުޖައްސާނެ ކަމަށްވެސް ބުނެފައިވެ އެވެ.
އަނެއްކާވެސް މި ހަފްތާ ތެރޭގައި ރަންބީރާއި ވަނީ ހަމަ ސުވާލު ކުރިމަތި ކުރުވާފައި އެވެ. ޖަވާބުގައި ރަންބީރު ބުނީ ބިޒީކޮށް އުޅޭ ދެމީހުން ދަރިފުޅު ބަލަން ގޮތް ތަކެއް ނިންމާފައިވާ ކަމަށެވެ.
އެގޮތުން އާލިއާ ފިލްމީ މަސައްކަތް ތަކުގައި އުޅޭއިރު އޭނާ ހުންނާނީ ޗުއްޓީގައި ކަމަށާއި އޭނާ މަސައްކަތް ކުރާއިރު އާލިއާ ހުންނާނީ ޗުއްޓީ ނަގައިގެން ދަރިފުޅު ބަލަން ކަމަށް ބުންޏެވެ.
ރަންބީރު ބުނީ އޭނާ އާންމުކޮށް އަހަރަކު މަސައްކަތް ކުރަނީ 180-200 ވަރަކަށް ދުވަހުގެ މުއްދަތަށެވެ. އެކަމަކު އެއަށްވުރެ ގިނަ މަސައްކަތް، ގިނަ ދުވަހު އާލިއާ ކުރާ ކަމަށް އޭނާ ބުންޏެވެ.
ރިޕޯޓުތައް ބުނާގޮތުގައި ރަންބީރުގެ ވާހަކައިން ދަރިފުޅު ބެލުމުގައި ގިނަ ވަގުތު ހޭދަކޮށް ޒިންމާ ނަގައިގެން އުޅެނީ އޭނާ އެވެ.
ދެމީހުން ކައިވެނި ކުރީ މިއަހަރުގެ އޭޕްރިލް މަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް