ކުރީގެ މެމްބަރު ނާޒިމް ބޭސްފަރުވާއަށް ސިންގަޕޫރަށް

މަކަރާއި ހީލަތުގެ ކުށް ސާބިތުވެ، 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ، ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ބޭސްފަރުވާއަށް ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ. ނާޒިމް ސިންގަޕ...

11 Dec 2015 | 10:14

މަކަރާއި ހީލަތުގެ ކުށް ސާބިތުވެ، 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ، ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ބޭސްފަރުވާއަށް ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.

ނާޒިމް ސިންގަޕޫރަށް ގޮސްފައިވަނީ 15 ދުވަހަށެވެ. ނާޒިމް ސިންގަޕޫރަށް ފުރާފައިވަނީ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރު ބާތިލު ކުރުމުންނެވެ. އެ އަމުރު ބާތިލު ކުރީ އެ އަމުރު ބާތިލު ކުރުމަށް ނާޒިމްގެ އާއިލާއިންނާއި ކަރެކްޝަންސް އިން ސުޕްރީމް ކޯޓުން އެދިފައި ވަނިކޮށެވެ.

ނާޒިމް އުމުރަށް ޖަލަށް ލުމަށް ކޯޓުން ހުކުމްކޮށްފައިވަނީ އެޓޯލްސް މިނިސްޓްރީ އަށް 15،000 ގައުމީ ދިދަ ގަތުމަށް އެ މިނިސްޓްރީ އިން 31 ޑިސެމްބަރު 2003 ވަނަ ދުވަހު ކުރި އިއުލާނާ ގުޅިގެން ނާޒިމްގެ ހިއްސާ އޮންނަ ނަމީރާ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑުގެ މުވައްޒަފުން ބޭނުންކޮށްގެން ވުޖޫދުގައި ނެތް ހަތަރު ކުންފުންޏެއްގެ ނަމުގައި އެސްޓިމޭޓް ހުށަހަޅައި މަކަރާއި ހީލަތުން އެ ބިޑު ކާމިޔާބު ކުރި މައްސަލައާ ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް