ހަސަން އަތީޤް -- ފޮޓޯ: ބާބާ ގާޑިއާ ފޭސްބުކް ޕޭޖު
ފުވައްމުލައް ސިޓީގައި އާނމުންގެ މެދުގައި ބޮޑު މަގުބޫލު ކަނެއް ހޯދާފައިވާ ހަސަން އަތީގު )ބާބާ( އިތުރު ފަރުވާއަށް ޜާއްޖެއިން ބޭރަށް ދާންޖެހުމުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ ޢެވެ.
ބާބާއަށް ޙާޓްއެޓޭކެއް ޖެހުނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ރަށުގައި ހުއްޓައެވެ. އަވަސް ފަރުވާއަށް ފުވައްމުލަކު ހޮސްޕިޓަލުން ޢަތީކް ޖެހިގެން އައި ދުވަހު މާލޭ އައިޖީއެމްއެޗަށް ފޮނުވި އެވެ.
އޭގެ ފަހުން ބާބާ ގާޑިއާގައި އަމިއްލަ ނަމުގައި ފުރަތަމަ ޕޯސްޓު ކުރީ އިއްޔެ ޢެވެ. ޢެ ޕޯސްޓުގައި އޭނާވަނީ ސިއްހީ ހާލަތު ބަޔާންކޮށްދީ ޢާންމުންގެ އެހީތެރިކަމަށް ޢެދިފައި ޢެވެ.
އަތީގު ބުނީ. ހާޓް އެޓޭކްޖެހި ވަރަށް ބޮޑަށް ބަލިވުމާއި ގުޅިގެން އެމަޖެންސީގައި މާލެ ގެނެސް ފަރުވާ ހޯދަމުންދާތާ 16 ދުވަސް ވެއްޖެ ކަމަށެވެ. މިހާތަނަށް އޭނާގެ ހިތުގެ ދެ އެންޖިއޯ ގްރާމް ހަދާފައިވެއެވެ.
އަތީގް ބުނީ މި ހިތްދަތި ކަމަށްފަހު ކަރުގެ ދެފަރާތުން ނާރު ވަރަށްބޮޑަށް ދުޅަވެފައިވާކަމަށެވެ. ނާރު ދުޅަވެގެން ރިއްސާތީ އައި.ޖީ.އެމް.އެޗަށް ދާ ކޮންމެފަހަރަކު އީ.އާރުގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭންޖެހޭ ކަމަށެވެ..
އަތީގް ބުނީ ކަރުގެ ދެ ފަރާތަށް ދިމާވެފައިވާ މައްސަލަ ދެނެގަންނަން އެތައް ޑޮކްޓަރަކަށް ދައްކައި ޓެސްޓުތައް ހަދާފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް ބަލީގެ ޢަސްލު ޙޯދިފައި ނުވާކަމަށް ބުންޏެވެ.
މިހާރުވެސް ޢެޑްމިޓްކޮށްފައި އޮތް އަތީގު ބުނީ ބައްޔަށް ލުއިކަމެއް ނުލިބޭތީ ރާއްޖެއިން ބޭރުން ފަރުވާހޯދަން ދާން އެދިގެން އާސަންދަ ހަމަޖެހިފައިވެއެވެ. ނަމަވެސް އޭނާއަކީ އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތް ކުރާ މީހަކަށްވާތީ ބަލިވުމާއި ގުޅިގެން ގާޑިޔާ ހުއްޓިފައިވާތީ މި ވަގުތު ފައިސާ ލިބޭނެ އިތުރުގޮތެއް ނެތްކަމަށެވެ.
އާސަންދައިން ބޭސްފަރުވާގެ ކަންކަން ކުރެވުނަސް އިންޑިޔާއަށް ގޮސް އެތަނުގައި ހޭދަވާނެ ދުވަހެއް މިވަގުތު ބުނަން ނޭގޭތީ ހުރުމާއި ކެއުމާއި ދަތުރުފަތުރުގެ ޚަރަދުތަކަށް ބޮޑު ހޭދައެއް ކުރަން ޖެހޭނެއެވެ. ނަމަވެސް އެފަދަ ބޮޑު ހޭދައެއް ކުރެވޭ ވަރުގެ މާލީތަނަވަސްކަން މިވަގުތު ނެތުމުން އާންމުންގެ ދީލަތި އެހީތެރިކަން ބޭނުންވާ ކަމަށް ބުނެފައިވެ އެވެ.
އަތީގަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް ތިރީގައިވާ އޭނާގެ ޢެކައުންޓް ނަމްބަރުތަކަށް ފައިސާ ފޮނުވޭނެ އެވެ.
ޙަސަން އަތީޤް
ބީއެމްއެލް: 7703234441101
އެމްއައިބީ: 90603100669081001
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް