އެންމެ ލަނޑެއްވެސް ނުޖެހި ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ނިމިއްޖެ

11 Nov 2026 | 20:03
ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު މިއަދު އިންޑިއާ އާއި ބައްދަލު ކުރި މެޗުގެ ތެރެއިން -- ފޮޓޯ: ސިޑިބަރި

ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު މިއަދު އިންޑިއާ އާއި ބައްދަލު ކުރި މެޗުގެ ތެރެއިން -- ފޮޓޯ: ސިޑިބަރި

ބަންގްލަދޭޝްގައި ކުރިޔަށްދާ ސާފްޗެމްޕިއަންޝިޕު މުބާރާތުން ރާއްޖެ ކަޓައިފި އެވެ.

މި މުބާރާތުގައި ރާއްޖެ ފުރަތަމަ ކުޅުނު މެޗުން ޕާކިސްތާނު އަތުން ބަލިވީ 3-0 ންނެވެ. ރާއްޖެއަށް މުބާރާތް ނިމުނީ މިއަދު އިންޑިއާ އާއި ދެކޮޅަށް ކުޅުނު މެޗުން 1-0 ން ބަލިވެގެންނެވެ.

Advertisement

ރާއްޖެއާ ދެކޮޅަށް އިންޑިއާއިން މެޗުގެ ކުރިހޯދީ 38 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ އިންޑިއާގެ ވިންގާ އަބްދުލް ރަބީހަށް ރާއްޖޭގެ ޑިފެންޑަރު ހުސައިން ސިފާއު ޔޫސުފް (ކުރޯ) އޭރިއާ ތެރެއިން ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއެކެވެ.

މިފަހަރުގެ މުބާރާތުގައި ރާއްޖެ އޮތީ ވަރުގަދަ ޓީމުތައް ހިމެނޭ ގްރޫޕު ބީގައި އެވެ.

މިއީ ސާފްޗެމްޕިއަންޝިޕްގައި ރާއްޖެ ހޯދި އެންމެ ދަށް ނަތީޖާއެވެ. މީގެ ކުރިން މުބާރާތުން ކެޓި ނަމަވެސް ލަނޑެއް ނުޖެހި މުބާރާތް ނިންމާލާފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް