ފޮޓޯ: އެމްއެންޑީއެފް
ވ. ފޮއްތެޔޮއިން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދަނިކޮށް، ރަސްމާލޭގެ އިރުމަތި ފަރާތު ފަރަށް އެރި 'ކީސާ' ދޯނީގައި ތިބި ފަޅުވެރިންނަށް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މި ހާދިސާގެ މަޢުލޫމާތު ކޯސްޓް ގާޑަށް ކުރީ ރޭ 11:53 ހާއިރު އެވެ.
މިގޮތުން، ރޭގެ 02:37 ހާއިރު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ވަނީ އެ ދޯނި އޮތް ސަރަހައްދަށް ގޮސް، މި ދޯނިން ދަތުރުކުރަމުންދިޔަ ދިވެއްސަކާއި، ތިން ބިދޭސީން ސަލާމަތްތެރިކަމާ އެކު ހާބަރކްރާފްޓަށް ނަގާފައެވެ.
މި ހާދިސާގައި އެ ދޯނީގެ ބިދޭސީ ފަޅުވެރިއެއްގެ ވައަތު ފަޔަށް އަނިޔާއެއް ވެފައިވާތީ އެ މިހާ ވަނީ އިތުރު ފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވިފައެވެ.
ފަރަށް އެރި ދޯނި ފުންކުރުމަށް އެ ދޯނީގެ ވެރިިފަރާތުން "އޯސަން ރައިޑް" ކިޔާ ދޯންޏެއް ފަހުން ގެނައި ކަމަށް އެންއެންޑީއެފުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް (1)
ދުވަސްކޮޅަކުން އަލައްބާރު ތިޔަ ތަކެތިން ޖޫރިމަނާ ނަގަން ފައްޓާނެ. ތިޔައީ އަލައްބާރުގެ ރަށެއް.