N/A
މިއަދު ހެނދުނުގެ ވަގުތެއްގައި ޠައިބާ މިސްކިތުގެ
ބިއްލޫރިގަނޑުތަކެއް ތަޅާލި މައްސަލައިގާ ހައްޔަރުކުރި މީހާ ފުލުހުންގެ ބެލުމުގެ
ދަށުން ޢާއިލާއާއި ހަވާލުކޮށްފިއެވެ.
މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން
ބުނެފައިވަނީ މާލޭ އައްސުލްޠާން ހަސަން އިއްޒުއްދީންގެ ބައެއް ކުޑަދޮރުތަކުގެ
ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދިން މައްސަލަ ހެނދުނު 07:02 ހާއިރު ރިޕޯޓުކުރި
ކަމަށެވެ.
"ތަޙްޤީޤުގައި ފުލުހުންގެ ބެލުމުގެ ދަށަށް
ގެނައި 24 އަހަރުގެ ފިރިހެން މީހާ ވަނީ ޢާއިލާއާއި ހަވާލުކޮށްފައި" ފުލުހުން
ބުނެފައިވެއެވެ.
ދުވަހަށް އެނގިފައިވާގޮތުގައި ފުލުހުން އެމީހާ
ޢާއިލާއާއި ހަވާލުކުރީ އެއީ ނަފުސާނީ ބަލި މީހެއްކަން ޢާއިލާއިން ފުލުހުންނަށް
މަޢުލޫމާތު ދިނުމުންނެވެ. އެމީހާ އެފަދަ ޢަމަލެއް ތަކުރާރުވިޔަ ނުދިނުމަށް ޢާއިލާއިން
އެއްބަސްވެ އަދި ހަމަ އެހެންމެ މިސްކިތަށް ލިބުނު ގެއްލުމުގެ ޒިންމާވެސް
ޢާއިލާއިން ނަގަން އެއްބަސްވެފައިވާކަން ދުވަހަށް އެނގިފައިވެއެވެ.
އެޑިޓަރުގެ ނޯޓް
ދުވަހުން އެ މީހާގެ މޫނު ފޮރުވާފައިއެވަނީ އެމީހާއަކީ ނަފްސާނީ ބަލި މީހެއް ކަމަށް ޢާއިލާއާއި ހަވާލާދީ ފުލުހުންގެ ބަހެއް ލިބިފައިވާތީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް