މަސްތުގެ ހާލުގައި ހުރެ ކުޑަ ފިރިހެން ދަރިފުޅަށް މަންމައަކު ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް!

މާލެ ސަރަހައްދުގައި ކުޑަ ފިރިހެން ކުއްޖަކަށް، އެކުއްޖާގެ މަންމަ ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް ފެންމަތިވެ، ފުލުހުން މައްސަލަ ބަލަން ފަށައިފިއެވެ. ފުލުހުން ބުނީ، މާލެ ސަރަހައްދުގައި ކުޑަ ފިރިހެން ...

11 Nov 2025 | 10:11
N/A

N/A

މާލެ ސަރަހައްދުގައި ކުޑަ ފިރިހެން ކުއްޖަކަށް، އެކުއްޖާގެ މަންމަ ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް ފެންމަތިވެ، ފުލުހުން މައްސަލަ ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ، މާލެ ސަރަހައްދުގައި ކުޑަ ފިރިހެން ކުއްޖަކަށް އެކުއްޖާގެ މަންމަގެ ފަރާތުން ޖިސްމާނީ އަނިޔާ ދިނުމުގެ އިތުރުން މަސްތުވުމަށް ބަނގުރާ ބޭނުންކޮށްގެން ހުރެ އެ ކުއްޖާއަށް ޖިންސީ އަނިޔާ ދީފައިވާ ތުހުމަތު ކުރެވޭ މައްސަލައެއް އެ އިދާރާއިން ބަލަން ފަށާފައިވާ ކަމަށެވެ.

މިނިސްޓްރީ އޮފް ސޯސަލް އެންޑް ފެމެލީ ޑިވަލޮޕްމަންޓްއިން ފުލުހުންނަށް މި މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ އޮކްޓޯބަރ މަހު 28 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެފައިވެއެވެ.

އަދި މި މައްސަލައިގައި ތުހުމަތު ކުރެވޭ 50 އަހަރުގެ މަންމަ މި މަހު 10 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މި މަހު 11 ވަނަ ދުވަހު ކޯޓަށް ހާޒުރު ކުރުމުން ކޯޓުން ވަނީ 30 ދުވަހަށް އޭނާ ބަންދު ކުރުމަށް އަމުރު ކޮށްފައެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް