ލާލް ކިލާގައި ކާރެއް ގޮއްވާލުން: ފަހަތުގައި ޑަކުޓަރުންތަކެއް – ބޮޑު ހަމަލައެއް ނާކާމިޔާބުވުމުން ގޮތް ހުސްވެ ގޮއްވާލި ގޮއްވާލުމެއް !

އިއްޔެ ރާއްޖޭ ގަޑިން ބަލަނީނަމަ އިރު އޮއްސި 06:50 ހާއިރު މަޑުމަޑުން ދުއްވާފައި ދިޔަ ހްޔުންޑާއި އައި 20 މޮޑެލްގެ ކާރެއް އިންޑިއާގެ އިހު ދިއްލީގެ ލާލް ކިލާގެ ގޭޓް ނަމްބަރު އެކެއް ކައިރިން ޓްރެފިކް ލައިޓ...

11 Nov 2025 | 09:16
ލާލް ކިލާ ކައިރީގައި ކާރެއް ގޮއްވާލުން -

ލާލް ކިލާ ކައިރީގައި ކާރެއް ގޮއްވާލުން -

އިއްޔެ ރާއްޖޭ ގަޑިން ބަލަނީނަމަ އިރު އޮއްސި 06:50

ހާއިރު މަޑުމަޑުން ދުއްވާފައި ދިޔަ ހްޔުންޑާއި އައި 20 މޮޑެލްގެ ކާރެއް އިންޑިއާގެ

އިހު ދިއްލީގެ ލާލް ކިލާގެ ގޭޓް ނަމްބަރު އެކެއް ކައިރިން ޓްރެފިކް ލައިޓް

ކައިރީގައި މަޑުކުރިއެވެ. އިސާހިތަކު އެ ކާރު ގޮވިއެވެ.

އަލިފާން ކޮންޓްރޯލު ކުރެވުނީ އޭގެ ތިރީހަކަށް

މިނެޓު ފަހުންނެވެ.

އެ ގޮވުމުގައި އަށް މީހަކު މަރުވިކަން އިންޑިއާ

މީޑިއާ ކަށަވަރުކޮށްދެއެވެ. އަދި ކަށަވަރު ކުރެވުނު ކަމަށްވަނީ ތިން މީހެއްގެ

ހަށިގަނޑެވެ.

އުއްތަރު ޕްރަދޭޝަށް ނިސްބަތްވާ އުމުރުން 34

އަހަރގެ އަޝޯކް ކުމާރު ނަމަކަށް ކިޔާ މީހަކާއި ދިއްލީއަށް އުފަން އަމަރް ކަޓާރިއާ ނަމަކަށް

ކިޔާ މީހަކާއި ޖައްމު ކަޝްމީރަށް އުފަން ޑރ. އުމަރު މުޙައްމަދެވެ.

އެ ކާރު ދުއްވަން އިނީ ޑރ. އުމަރު މުޙައްމަދެވެ.

ކާރު ގޮއްވާލި ކަމަށްވަނީވެސް އޭނާ އެވެ. ކާރުގެ ތެރެއިން ފެނުނު ހަށިގަނޑުގެ

ބައިތަކުގެ ތަހުލީލުތަކުން އެއީ އޭނާކަން ކަށަވަރު ކުރެވޭކަމަށް ނޫސް ރިޕޯޓްތައް

ބުނެއެވެ.

ފަހަތުގައި ކޮން ކަމެއް ؟

ހަމަ އިއްޔެ، ރާއްޖޭ ގަޑިން ބަލަނީނަމަ މެންދުރު 01:00

ހާއިރު އިންޑިއާގެ ފަރީދާބާދުގައި އިންޑިއާގެ ނޭޝަނަލް އިންވެސްޓިގޭޝަން

އޭޖެންސީއާއި ދިއްލީ ސްޕެޝަލް ސެލް އާއި ހަރްޔާނާ ފުލުހުންނާއި ޖައްމު ކަޝްމީރު

ފުލުހުން ގުޅިގެން ކުއްލި ބޮޑު އޮޕަރޭޝަނެއް ހިންގިއެވެ.

ޑރ. އަދީލް އަހްމަދު ރާތާ ނަމަކަށް ކިޔާ މީހެއްގެ

ނަމުގައި ކުއްޔަށް ހިފާފައި ހުރި އެޕާޓްމަންޓެއް ބަލައި ފާސްކޮށް 2،900 ކިލޯގެ

ގޮވާ ތަކެތި އެ އެޕާޓްމަންޓުން ހޯދިއެވެ.

ފަރީދާބާދުގެ އަލް ފަލާހް މެޑިކަލް ކޮލެޖަށް ނިސްބަތްވާ

ޑރ. މުޒައްމިލް އަހްމަދު ގަނޭ އާއި ހަމަ އެ މެޑިކަލް ކޮލެޖުގައި އުޅުނު ޑރ. އަދީލް

އަހްމަދު ރާތާ އާއި ހަމަ އެ މެޑިކަލް ކޮލެޖުން ޑރ. ޝަހީނާ ޝާހިދު ނަމަކަށް ކިޔާ

އަންހެން ޑަކުޓަރަކު ހައްޔަރު ކުރިއެވެ. އަދި ޑރ. މުހިއްޔުއްދީން ކިޔާ މީހަކުވެސް

ހައްޔަރުކުރިއެވެ.

އެ ޓަކުޓަރުން ގޮވާތަކެތި ފައްކާކޮށް އިންޑިއާގައި

ބޮޑެތި ގޮއްވުންތަކެއް ގޮއްވަން ރާވަމުންދިޔައީ އެ މެޑިކަލް ކޮލެޖުގައެވެ.

ގޮވި ބަހުގައި އިން ޑރ. އުމަރު މުޙައްމަދުވެސް

ނިސްބަތްވަނީ ހަމަ އެ މެޑިކަލް ކޮލެޖަށެވެ.

ޑރ. އުމަރު މުޙައްމަދު 

އިންޑިއާ މީޑިއާ ރިޕޯޓްތައް ބުރަވާގޮތުން ނަމަ ޑރ.

އުމަރު މުޙައްމަދު އެފަދަ ގޮތަކަށް އެ ކާރު އެ ގޮއްވާލީ ހަދާނެ ގޮތް ހުސްވެ

ކޮންމެވެސް ވަރެއްގެ ގެއްލުމެއް އެމީހުންގެ އެ ރޭވުމުގެ ދަށުން ދިނުމަށް ކަމަށް

ބެލެވެއެވެ.

އެ ޑަކުޓަރުންގެ ފަހަތުގައި ކޮންމެވެސް ނިރުބަވެރި

ޖަމާޢަތެއް ވާނެކަމަށްވެސް ތަޙްޤީޤު މަރްޙަލާގައި އެބަ ބަލައެވެ.

ފޮޓޯގައި އެންމެ ކަނާތުގައި އަންހެން ޑަކުޓަރަކު ސިފަކޮށްދިނުމެއް، އެއަށްފަހު ޑރ. މުހިއްޔުއްދީން، އެއަށްފަހު ޑރ. އަދީލް އަދި ޑރ. މުޒައްމިލު 

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް