ޖެރާޑްގެ ގެއިން ވައްކަން ކޮށްފި. ވަގަށް ނެގި ތަކެތީގެ ތެރޭގައި އިސްޓާކިން ޖޯޑެއް ވެސް ހިމެނޭ

އިނގިރޭސި ފުޓުބޯޅަ ލެޖެންޑް އަދި ސައުދީ ކުލަބް، އަލް އިއްތިހާދުގެ ކޯޗު ސްޓީވެން ޖެރާޑް ދިރިއުޅޭ ގެ ފަޅާލައިގެން ގިނަ އަދަދެއްގެ ތަކެއްތި ވަގަށް ނަގައިފިއެވެ. އިނގިރޭސި މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި...

11 Nov 2024 | 17:29

އިނގިރޭސި ފުޓުބޯޅަ ލެޖެންޑް އަދި ސައުދީ ކުލަބް، އަލް އިއްތިހާދުގެ ކޯޗު ސްޓީވެން ޖެރާޑް ދިރިއުޅޭ ގެ ފަޅާލައިގެން ގިނަ އަދަދެއްގެ ތަކެއްތި ވަގަށް ނަގައިފިއެވެ.

އިނގިރޭސި މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި ރޭގެ ވަގުތެއްގައި އިނގިރޭސި ވިލާތުގައި ހުންނަ ޖެރާޑްގެ ގެއަށް ވަގުންތަކެއް ވަދެ، ޖެރާޑްގެ ގެ ވަނީ ލޫޓުވާލާފައެވެ. އަދި ގިނަ އަދަދެއްގެ އަގުބޮޑު ތަކެތި ވަނީ ވަގަށް ގަނާފައެވެ.

ޖެރާޑްގެ ގެއިން ވަގަށް ނަގާފައިވަނީ ހޫނުފެން ކައްކާ ކުރަޔަކާއި ޓޯސްޓަރެއްގެ އިތުރުން ދެ އިސްޓާކީން ޖޯޑެވެ. އަދިވެސް މީގެ އިތުރުން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފުލުހުންނާއި ހަވާލާދީ އިނގިރޭސި ބައެއް މީޑިއާތަކުގައި ބުނެފައިވަނީ ޖެރާޑްގެ ގެ ފަޅާލައިގެން ވައްކަން ކޮށް ގިނަ އަދަދެއްގެ ތަކެތި ވަގަށް ގެންދިޔަ މައްސަލަ މިހާރު ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

އެހެން ނަމަވެސް މި މައްސަލައާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

ޖެރާޑްގެ އިތުރުން ޕޯލް ސްކޯލް ދިރިއުޅޭ ގެއިންވެސް ވަންކަން ކޮށް ގިނަ ތަކެތި ވަގަށް ނަގާފައިވާކަމަށް ވެސް ވަނީ ރިޕޯޓުކޮށްފައެވެ. ސްކޯލްގެ ގެއިން ވަގަށް ނަގާފައިވާކަމަށް ބުނާ ބައެއް ތަކެތީގެ ތެރޭގައި ސްކޮލްސް އަށް ޕްރިމިއާ ލީގުން ލިބުނު 11 މެޑަލް އަކާއި ބައެއް ޓްރޮފީތައް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް