ބައިނަލްއަގްވާމީ ގޮތުން ބަލާނަމަ މިއަދަކީ "ސިންގަލް" މީހުންގެ ދުވަސް

މިއަދަކީ އަހަރުގެ 11 ވަނަ މަހުގެ 11 ވަނަ ދުވަހެވެ. ބައިނަލްއަގްވާމީ ގޮތުން ބަލާނަމަ މިދުވަސް ފާހަގަކުރަމުންދަނީ "ސިންގަލް" މީހުންގެ ދުވަހުގެ ގޮތުގައެވެ. ސިންގަލް މީހުންގެ ދުވަސް ގޮތުގައި މި ދުވަސް ކަނ...

11 Nov 2024 | 09:37

މިއަދަކީ އަހަރުގެ 11 ވަނަ މަހުގެ 11 ވަނަ ދުވަހެވެ. ބައިނަލްއަގްވާމީ ގޮތުން ބަލާނަމަ މިދުވަސް ފާހަގަކުރަމުންދަނީ "ސިންގަލް" މީހުންގެ ދުވަހުގެ ގޮތުގައެވެ.

ސިންގަލް މީހުންގެ ދުވަސް ގޮތުގައި މި ދުވަސް ކަނޑައެޅިގެންދިޔައީ 1993 ވަނަ އަހަރު ޗައިނާގެ ނާންޖިންގް ޔުނިވާސިޓީގައި ކިޔަވަމުންދިޔަ "ސިންގަލް" ފިރިހެން ދަރިވަރުންތަކެއް މި ދުވަހަކީ "ސިންގަލް" މީހުންގެ ދުވަސް ގޮތުގައްޔާއި "އެންޓި ވެލެންޓައިން" ދުވަހުގެ ގޮތުގައި ފާހަގަކުރަން ފެށުމާއިހަމައިންނެވެ.

އެހެންނަމަވެސް ސިންގަލްސް ޑޭ މިހާރު ބޮޑަށް ފާހަގަކުރަމުން އަންނަނީ ބޮޑެތި ވިޔަފާރިތަކުން ބޮޑު އަދަދުތަކުން ޑިސްކައުންޓްސް ދޭ ދުވަހެއްގެ ގޮތުގައެވެ. ދުވަހުގެ މަހްފޫމް ބަދަލުނުވިނަމަވެސް ވިޔަފާރިވެރިން މިދުވަސް ހިޔާރުކުރީ ސިންގަލްސްޑޭ ސޭލްސްތައް އެޅުމަށެވެ.

މިއަދު ބައިނަލްއަގްވާމީ ބޮޑެތި ވިޔަފާރިތަކުން ސިންގްލަސްޑޭގެ ޑިސްކައުންޓްތައް ލިބެން ހުންނާނެއެވެ. ތަކެތީގެ އަގު އެ ވިޔަފާރިތަކުގައި މިއަދު ވަކިން ހާއްސަކޮށް އަގު ހެޔޮވާނެއެވެ.

ނަމަވެސް ފާހަގަކޮށްލަންޖެހޭ އަނެއް ކަމަކީ ބައިނަލްއަގްވާމީ ގޮތުން ސިންގަލްސްޑޭ އަކި އެ ދުވަހަކަށް ރަސްމީ ދަރަޖައެއް ދީފައިވާ ދުވަހެއް ނޫންކަމެވެ. އެހެންނަމަވެސް ކޮންމެ އަހަރެއްގެވެސް 11/11 އަކީ ސިންގަލްސް ޑޭގެ ގޮތުގައި ފާހަގަކުރަމުންގެންދެއެވެ. ވަކީން ހާއްސަކޮށް ބޮޑެތި ވިޔަފާރިތަކުން ކޮންމެ އަހަރަކުވެސް ސިންގަލްސް ޑޭ ސޭލްސްތައް ކުރިއަށްގެންދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް