ޒުވާނަކު ގެއްލިގެން ހޯދަނީ

ރ. މާކުރަތަށް ނިސްބަތްވާ ޒުވާނަކު ގެއްލިގެން ހޯދަމުން އަންނަކަމުގައި ފުލުހުން ބުނެފިއެވެ. ގެއްލިގެން ހޯދަމުން އަންނަނީ ރ. މާކުރަތު / ތިންތަރި، އުމުރުން 21 އަހަރުގެ އަޙްމަދު ޝާހީން އެވެ. ޝާހީން ހޯދަމުނ...

11 Nov 2024 | 09:00

ރ. މާކުރަތަށް ނިސްބަތްވާ ޒުވާނަކު ގެއްލިގެން ހޯދަމުން އަންނަކަމުގައި ފުލުހުން ބުނެފިއެވެ.

ގެއްލިގެން ހޯދަމުން އަންނަނީ ރ. މާކުރަތު / ތިންތަރި، އުމުރުން 21 އަހަރުގެ އަޙްމަދު ޝާހީން އެވެ.

ޝާހީން ހޯދަމުން އަންނަނީ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނެފައިވާގޮތުގައި އަޙްމަދު ޝާހީންގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ ނޮވެމްބަރު 6 ވަނަ ދުވަހު ފޯނުން ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާކަމަށެވެ.

އަޙްމަދު ޝާހީންގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9393351 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭކަމަށް ފުލުހުން ބުނެފައިވެއެވެ.

ޝާހީން ގެއްލިފައިވަނީ ސީދާ ކޮންތާކުންކަން ފުލުހުން ބުނެފައެއް ނުވެއެވެ. ނަމަވެސް ޝާހީންގެ މައުލޫމާތެއް ލިބިއްޖެނަމަ ގުޅުމަށް ހުޅުމާލެ ފޭސް 2 ގެ ހޮޓްލައިން ހިއްސާކޮށްފައިވުމުން ޝާހީން ގެއްލުނީ ހުޅުމާލެ ފޭސް 2 އިން ކަމުގައި ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް