ސީއެސްސީގެ ރައީސް އަދި އޭސީސީއާއި އީސީގެ ނައިބުރައީސާއި ބައެއް މެންބަރުން ވަކި ކުރަން މާދަމާ މަޖިލީހުގެ އެޖެންޑާއަށް

އިލެކްޝަންސް ކޮމިޝަންގެ ނައިރައީސް އާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަދި އެ ތިން ކޮމިޝަންގެ ބައެއް މެންބަރުން ވަކި ކުރުމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް ...

11 Nov 2024 | 08:50

އިލެކްޝަންސް ކޮމިޝަންގެ ނައިރައީސް އާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަދި އެ ތިން ކޮމިޝަންގެ ބައެއް މެންބަރުން ވަކި ކުރުމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

އެގޮތުން މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ތެރޭގައި ހިމަނާފައިވާ އެއް ކަމަކީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ނައިބުރައީސް އާއި މެންބަރަކު، އެ ކޮމިޝަންގެ މެންބަރުކަމުން ވަކި ކުރުމުގެ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 232 ވަނަ މާއްދާގެ (ށ)ގައިވާގޮތުގެ މަތިން އެ މައްސަލަ ދާއިމީ ކޮމިޓީއަށް ފޮނުވުމެވެ.

ދެވަނަ ކަމަކީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އެ ކޮމިޝަންގެ މެންބަރުކަމުގެ މަގާމުން ވަކިކުރުމުމުގެ މައްސަލަ ހަމަ އެ މޭރުމުން ހުށަހެޅުމެވެ. އަދި ތިންވަނަ ކަމަކީ އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސްއާއި ދެ މެންބަރުން އެ ކޮމިޝަންގެ މެންބަރުކަމުގެ މަގާމުން ވަކިކުރުމުގެ މައްސަލަ ހަމަ އެ މޭރުމުން ހުށަހެޅުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް