ރާއްޖެއަށް 21.95 ޑޮލަރުގެ ފައިނޭންޝަލް ޕެކޭޖެއް ދޭން އޭސިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ނިންމައިފިއެވެ.
އެގޮތުން އޭޑީބީއިން ބުނެފައިވަނީ ފައިނޭންޝަލް މި ޕެކޭޖަކީ ތިމާވެށި ހިމާޔަތް ކުރުމާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ދެވޭ ޕެކޭޖެއް ކަމަށެވެ.
ދިވެހި ރުފިޔާއިން ބަލާނަމަ 338.5 މިލިޔަން ރުފިޔާގެ މި ޕެކޭޖުގެ ތެރެއިން 4 މިލިޔަން ޑޮލަރު ދެނީ ކޮންސެޝަނަލް ލޯނުގެ ގޮތުގައި ކަމަށާއި އަދި 17.95 މިލިޔަން ޑޮލަރު ދެނީ ގްރާންޓްގެ ގޮތުގައިކަން އޭޑީބީއިން ފާހަގަކޮށްފައިވެއެވެ.
ފައިނޭންޝަލް މި ޕެކޭޖަކީ "އެންހޭންސިންގ ކްލައިމެޓް ރެސިލިއެންސް އެންޑް ފުޑް ސެކިއުރިޓީ ޕްރޮޖެކްޓް" ގެ ދަށުން ލިބިގެންދިޔަ ފައިނޭންޝަލް ޕެކޭޖެކެވެ. އެ ޕްރޮޖެކްޓްގެ ދަށުން މާލެ އަދި އައްޑޫ ސިޓީގައި މޫސުން މޮނީޓަރ ކުރުމުގެ އިތުރުން ދުރާލާ އިންޒާރުދޭ ސިސްޓަމް ގާއިމުކުރުން ހިމަނާފައިވެއެވެ. އަދި ހަމަ އެހެންމެ ކުޅުދުއްފުށި ސިޓީގެ ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ހޯދުމާއި ހދ އަތޮޅާއި އައްޑޫ ސިޓީގައި އެގްރިކަލްޗަރ ސެންޓަރު ގާއިމްކުރުން ހިމަނާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް