ޖުމްހޫރީ ދުވަހުގެ ތަހުނިޔާ މެސެޖުގައި ރައީސް ހިމެނުއްވީ ބައްޕާފުޅު ލިޔުއްވި ފޮތުން ބަސްފުޅެއް !

މިއަދު ފާހަގަކުރަމުންމިދާ ޖުމްހޫރީ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ފޮނުއްވައިފިއެވެ. ރައީސްގެ ތަހުނިޔާ މެސެޖުން ފާހ...

11 Nov 2024 | 06:47

މިއަދު ފާހަގަކުރަމުންމިދާ ޖުމްހޫރީ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ފޮނުއްވައިފިއެވެ.

ރައީސްގެ ތަހުނިޔާ މެސެޖުން ފާހަގަކުރެވުނީ އެ މެސެޖުގައި ހިމަނުއްވާފައިވާ ބަފުޅަކީ ރައީސްގެ ބައްޕާފުޅު ފަޟީލަތުލް އުސްތާޛުއްޝައިޚް އަލްމަރްޙޫމް ޙުސައިން އަބްދުއްރަޙްމާން ލިޔުއްވި ފޮތަކުން ބަސްފުޅެކެވެ.

އެ ޖުމްލައިގައި ބުނެފައިވަނީ "ހެޔޮތުގައި ކުރެވޭ ވެރިކަމަކީ، ރައްޔިތުންގެ މަސްލަހަތުތައް ރަނގަޅަށް ބަލަހައްޓާ، ގާނޫނީ ގޮތުންނާއި އިންސާނިއްޔަތުގެ ގޮތުން ފުރިހަމަ ޒިންމާ އުފުލާ، ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ރައްޔިތުންގ ފަރާތުންކުރާ ރައްޔިތުންގެ ވެރިކަން" ކަމަށެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭގައި ބޭއްވި ޖަލްސާގައިވެސް ރައީސް ފާހަގަކުރެއްވީ ވެރިކަން ކުރައްވަމުންގެންދަވަނީ ބައްޕާފުޅު ލިޔުއްވާފައިވާ ފޮތުގައި ދެއްކެވި މަގުން، އަދުލު އިންސާފާއި ހަމަހަމަކަމާއެކު ރައްޔިތުން އިސްކުރައްވައި ރައްޔިތުންގެ ފަޅީގައި ހުންނަވައިގެން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް