ޚުޝީ ކަޕޫރު ރާއްޖޭގައި ނެގި ފޮޓޯއަކުން އޭނާގެ ލޯބިވެރިޔަކީ ކާކުކަން ފަޅާ އަރައިފި !

ސްރީ ދޭވީއާއި ބޮނީ ކަޕޫރުގެ އަންހެންދަރި އަދި ފިލްމީ ތަރި ޚުޝީ ކަޕޫރު ރާއްޖެ އައިސް ނެގި ފޮޓޯތަކުގެ ތެރެއިން ފޮޓޯއަކުން އޭނާގެ ލޯބިވެރިޔަކީ ކާކުކަން ފަޅާއަރައިފިއެވެ. މީގެ ހަފްތާއެއްހާ ދުވަސްކުރިން ޚު...

11 Nov 2024 | 06:26

ސްރީ ދޭވީއާއި ބޮނީ ކަޕޫރުގެ އަންހެންދަރި އަދި ފިލްމީ ތަރި ޚުޝީ ކަޕޫރު ރާއްޖެ އައިސް ނެގި ފޮޓޯތަކުގެ ތެރެއިން ފޮޓޯއަކުން އޭނާގެ ލޯބިވެރިޔަކީ ކާކުކަން ފަޅާއަރައިފިއެވެ.

މީގެ ހަފްތާއެއްހާ ދުވަސްކުރިން ޚުޝީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާއިރު ރާއްޖޭގައި ޗުއްޓީ ހޭދަކުރިއިރުގެ ފޮޓޯތައް ޚުޝީ ވަނީ އޭނާގެ އިންސްޓްގްރާމް އެކައުންޓަށް ޕޯސްޓްކޮށްފައެވެ. އެ ފޮޓޯތަކަށް ހަފްތާއެއްހާ ދުވަސްވީއިރުވެސް ބަޔަކަށް ކަމެއް ރެއަކާލާފައެއް ނުވެއެވެ. އެހެންނަމަވެސް ނަޒަރު ތޫނު ބައެއްގެ ލޮލުގައި އަޅައިގަތީ ޚުޝީ ކަޕޫރުގެ އަތުގައި އޮތް "ބްރޭސްލެޓް" އެއްގައި ވިޔެފައި ހުރި އަކުރުތަކެވެ.

ރަނގަޅަށް ޒޫމްކޮށްލުމުން ސާފުކޮށް ފެންނަގޮތުން އެ ބްރޭސްލެޓުގައި އަތުރާލާފައިވާ ނަމަކީ "Vedang" އެވެ. އެއީ ވެދާންގް ރައިނާގެ ނަމެވެ.

ވެދާންގް ރައިނާއަކީ މިދިޔަ އަހަރު ބޮލީވުޑް ފިލްމީދާއިރަށް ނިކުތް ތަރިއެކެވެ. ޒޯޔާ އަޚްތަރުގެ "The Archies" އިން ބޮލީވުޑް ދަތުރުފެށި ވެދާންގް މިހާރު ކުރަމުން އަންނަނީ ފިލްމު "Jigra" ގެ މަސައްކަތެވެ. އެ ފިލްމުގައި ވެދާންގް ކުޅެނީ އާލިއާ ބަޓްގެ ކޮއްކޮއެއްގެ ރޯލެވެ.

ޚުޝީ ކަޕޫރުގެ ލޯބިވެރިޔަކީ ވެދާންގްކަން ފަޅާއަރާފައިވާއިރު ވެދާންގްވެސް ވަނީ ނިމިދިޔަ ހަފްތާގެ ތެރޭގައި ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ. މިހާރު ބެލެވޭގޮތުގައި ދެ ތަރިންވެސް ޗުއްޓީ ހޭދަކޮށްފައިއެވަނީ އެކުގައެވެ. އެހެންނަމަވެސް އެއްވެސް ތަރިއަކު އެކަން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް