23 ފަޅުވެރިންނާއެކު ދަތުރުކުރަމުންދިޔަ ދިވެހި މަސްދޯންޏެއް ބިންދައިގެން ގޮސްފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން އެމްއެންޑީއެފުން ބުނެފައިވާގޮތުގައި ބިންދައިގެންގޮސް ދެބުރިވެފައިވަނީ "އޯކިޑް 707" ނަމަކަށް ކިޔާ މަސްދޯންޏެކެވެ.
އެ ދޯނި ބިންދައިގެން ގޮސްފައިވަނީ އައްޑޫ ސިޓީ ހުޅަނގު އުތުރުން ގާތްގަނޑަކަށް 25 ނޯޓިކަލް މޭލު ބޭރުން ކަމަށާއި މިހާރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑުން އެ ދޯންނަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
"މި ހާދިސާގައި ދޯނީގެ ކުރީކޮޅާއި ފަހަތުކޮޅު އެއްކޮށް ވަކިވެފައިވާކަމަށާއި ނަމަވެސް ދޯނީގައި ތިބި 10 ދިވެހިންނާއި 13 ބިދޭސީންގެ ހާލު ރަނގަޅު ކަމަށް ވަނީ މައުލޫމާތު ލިބިފައި" އެމްއެންޑީއެފުން ބުނެފައިވެއެވެ.
"އޯކިޑް 707" އަކީ ގެމަނަފުށްޓަށް ނިސްބަތްވާ ދޯންޏެކެވެ. އެ ދޯންޏަކީ އެ ރަށަށް ނިސްބަތްވާ މަސް ދޯނިތަކުގެ ތެރެއިން އެންމެ ބޮޑު އެއް ދޯންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް