ފާޑުކިޔުންތަކަށް އިޖާބަދީ، މެދު ޒިޔާރަތު ދިދަ ބާލައިފި

މާލޭ މެދުޒިޔާރަތުގައި ނެގި ސަގާފީ ހުދު ކުލައިގެ ދިދަ މިއަދު ބާލައިފި އެވެ. އެ ދިދަ އަލުން ނަގަންފެށީ30 ށް އަހަރު ފަހުން އިއްުޔެ އެވެ. ދިދަ ނެގީންސުރެ ސޯޝަލް މީޑިއާގައި ދީނީ އިލްމުވެރިން ދިޔައީ އެއީ ބި...

11 Nov 2022 | 18:15

މާލޭ މެދުޒިޔާރަތުގައި ނެގި ސަގާފީ ހުދު ކުލައިގެ ދިދަ މިއަދު ބާލައިފި އެވެ.

އެ ދިދަ އަލުން ނަގަންފެށީ30 ށް އަހަރު ފަހުން އިއްުޔެ އެވެ. ދިދަ ނެގީންސުރެ ސޯޝަލް މީޑިއާގައި ދީނީ އިލްމުވެރިން ދިޔައީ އެއީ ބިދުއައެއް ކަމަށް ބުނެ ފާޑުކިޔަމުންނެވެ.

ދީނީ އިލްމުވެރިން ވަނީ އެއީ ނިމުމަކަށް ގެނެސްފައިވާ ބިދުއައެއް އަލުން ފެށުން ކަމަށް ބުނެފައި އެވެ. އަދި އަލުން އެ ތަނުގައި ދިދަ ނަގަން ފެށުމުން ސަރުކާރަށް ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ދިދަ ބޭލީ މިއަދު ހަވީރު އެވެ. އެކަމަކު މިކަމާއި ގުޅިގެން ހެރިޓޭޖް މިނިސްޓްރީން އެއްޗެއް ނުބުނެ އެވެ.

ދިވެހި ތާރީހުގައި ލިޔެފައިވާ ގޮތުން މީލާދީން 1153 ވަނަ އަހަރު ރާއްޖެ އަށް އިސްލާމް ދީން ގެނެސްދެއްވި އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީ ފަސްދާނުލެވިފައި ވަނީ މެދުޒިޔާރަތުގަ އެވެ. ބަރުބަރީގެ އިތުރުން 1692 ވަނަ އަހަރު ރާއްޖޭގައި ރަސްކަން ކުރެއްވި އަރަބިކަރައިގެ ބޭފުޅެއް ކަމަށްވާ ސައްޔިދު ވެސް އެ ޒިޔާރަތުގައި ފަސްދާނުލާފައިވެ އެވެ.

މެދު ޒިޔާރަތް ބިނާކުރި ސީދާ ތާރީހު އެނގެން ނެތް ކަމަށްވެ އެވެ. ތާރީހީ ލިޔުންތަކުން އެނގޭ ގޮތުގައި، އެ ޒިޔާރަތް މިހާރު އެ ހުރި ގޮތަށް ހެއްދެވީ ޝަމްސުއްދީނުގެ ރަސްކަމުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް