ޖުމްހޫރީ ވެރިކަމެއްގައި މިއަދު ފެނިގެންމިދަނީ ތަފާތުކުރުމެއްނެތް ތަރައްޤީކަމުގައި ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ސަމީރު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ސަމީރު ވިދާޅުވީ ރާއްޖޭގެ ވެރިކަން ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވެ، މާޒީވެދިޔަ އެތަކެއް އަހަރުތަކެއްގައި ޖުމްހޫރީ ވެރިކަން ދައްކައިދިނީ ތަފާތު ތަޖުރިބާތަކެއް ކަމަށެވެ.
"މިއަދު ޖުމްހޫރީ ވެރިކަމުގައި ލިބިގެންމިދަނީ އުފާ ފާގަތިކަމާ ތަފާތުކުރުމެއްނެތް ތަރައްޤީއާއި މިނިވަންކަން" ސަމީރު ވިދާޅުވެފައިވެއެވެ.
މިނިސްޓަރު ސަމީރު މިހެން ވިދާޅުވެފައިވާއިރު ތަރައްގީގެ، ހިނގަމުން އަންނަ މަޝްރޫއުތަކާއި ޕްލޭން ކުރެވިފައިވާ މަޝްރޫއުތަކާއި ކޮންޓެކްޓް ކުރެވިފައިވާ މަޝްރޫއުތަކުގެ އަދަދު އުޅެނީ 1677ގައެވެ. މިއީ މިއިން ޒަމާނެއްގައިވެސް ތަރައްގީގެ މިހާ ގިނަ މަޝްރޫއުތައް އެއް ފަހަރެއްގައި ކުރިއަށްދާ ރިޔާސީ ދައުރުކަން ފާހަގަކޮށްލަން ޖެހެއެވެ.
https://twitter.com/meeraazu/status/1591003092841295873?t=cGCI493j9ZgbItioI2DuKA&s=08
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް