ޑްރަގް އޮޕަރޭޝަނެއްގައި 12 މީހުން ހައްޔަރު ކޮށްފި، އަންހެނުންތަކެއްވެސް ހިމެނޭ

ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި12 މީހހުން ހައްޔަރު ކޮށްފި އެވެ އެމީހުން ހައްޔަރު ކުރީ މާލެ އާއި ހުޅުމާކޭގައި ރޭ ހިންގި އަރޭޝަނެއްގައި އެެވެ. އެއީ އާންމު އުސޫލުން ފުލުހުން މަތުވާތަކެއްޗާ ދެކޮޅަ...

11 Nov 2022 | 14:48

ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި12 މީހހުން ހައްޔަރު ކޮށްފި އެވެ

އެމީހުން ހައްޔަރު ކުރީ މާލެ އާއި ހުޅުމާކޭގައި ރޭ ހިންގި އަރޭޝަނެއްގައި އެެވެ. އެއީ އާންމު އުސޫލުން ފުލުހުން މަތުވާތަކެއްޗާ ދެކޮޅަށް އެ އިދާރާއިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހިންގި އޮޕަރޭޝަނެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އޮަޕަރޭޝަންގައި އަށް ފިރިހެނުންނާއި ހަތަރު އަންހެނުން ހައްޔަރު ކުރި ކަމަށެވެ. އެ މީހުންނަށް ފުލުހުން ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅުމުގެ ތުހުމަތެވެ.

އެމީހުން ހައްޔަރު ކުރީ ޕާޓީކޮށް ޑްރަގް ބޭނުން ކުރަނިކޮށެވެ.

ރޭ ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި ސޯޝަލް މީޑިއާގައި މަޝްހޫރު ބައެއް މީހުން ހިމެނޭ ކަމަށްވެ އެވެ. އެކަމަކު ފުލުހުން އެކަން ކަށަވަރެއް ނުކޮށްދެ އެވެ.

ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް