އިއްޔެރޭ މ. ނިރުހިޔާގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން އެކަކީ ކާކުކަން އަދިވެސް ދެނެނުގަނެވޭ ކަމަށް ފުލުހުން ބުނެފި އެވެ.
އެ ހާދިސާގައި10 މީހުން މަރުވި އެވެ. އެ އެންމެންނަކީވެސް ބިދޭސީންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މަރުވި މީހުންގެ ތެރެއިން މިހާތަނަށް ދެނެގަނެވުނު މީހުންގެ ތެރޭގައި އިންޑިއާގެ ހަތް މީހުން ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން އަންހެނުންނާއި ހަތަރު ފިރިހެނުންނެވެ.
ބަންގްލަދޭޝްގެ ދެމީހުން ހިމެނެ އެވެ. އެއީ އަންހެނަކާއި ފިރިހެނެކެވެ.
މި ހާދިސާގައި ސަލާމަތްވި މީހުންގެ ތެރެއިން އެކަކަށް ދަނީ އައިޖީއެމްއެޗުގައި ފަރުވާ ދެމުންނެވެ. އެމީހާ އޮތީ ސިފަ ނޭނގޭ ވަރަށް ފިހިފައި ކަމަށް މައުލޫމާތު ލިބެ އެވެ.
މި ހާދިސާ ހިނގި ގޮތް އަދި ނޭނގެ އެވެ. ފުލުހުން ބުނީ އެ ގެއަކީ ބިދޭސީންނަށް ކުއްޔަށް ދޫކުރާ ގެއެއް ކަމުން ކޮންމެ އެނދެއްގެ ކައިރީގައި ގޭސް ފުޅިއެއް ހުރި ކަަމަށެވެ.
އެ ގޭގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްވާން ގިނަ އިރު ނެގީ އެ ގޭސްފުޅިތައް ގޮވުމުގެ ސަބަބުން ކަމަށް ބުނެފައިވެ އެވެ. މި ހާދިސާ ހިނގަން މެދުވެރިި ސަބަބު ހޯދަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް