ގދ. ފަރެސްމާތޮޑާ އެއާޕޯޓް މަޝްރޫއު ބާރު ސްޕީޑުގައި ކުރިޔަށްދާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ ދަށުން ކޯޒްވޭ ހެދުމުގެ މަސައްކަތަށް ބޭނުންވާ ސްޕަން ޕައިލްތަށް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައި ކަަމށެވެ.
ސައިޓުގައި މިހާރު ކުރިއަށްދަނީ ބްރިޖް މަސައްކަތަށް ބޭނުންވާ ޝަޓަރިންގ އާއި ބާ ބެންޑިންގގެ މަސައްކަތްތައް ކަމަށް ބުނެ އެވެ.
މި މަޝްރޫޢުގެ ދަށުން، 9,780 އަކަ މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 120 މީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި 110 މީޓަރުގެ ބްރިޖެއް އެޅުމާއި، 332 މީޓަރުގެ އެޕްރޯޗް ރޯޑެއް ހެދުން ހިމެނެ އެވެ.
މީގެ އިތުރުން ޕޭވިން މަސައްކަތް ކުރުމާއި، މަގުމަތީ ނިޝާނާއި މަގުބައްތި ހަރުކުރުން ހިމެނެއެވެ.
މި މަޝްރޫއަކީ 44.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް