ގެއާއި ސުކޫލު މަދަރުސާތަކުގެ ވެށްޓަކީ ދަރިވަރުންގެ އީމާންކަން ހަރުދަނާ ކުރުމަށް ބާރުއަޅާ ތަންތަނަށް ވާންޖެހޭ - ހުކުރު ޚުތުބާ

އަހަރަމެންގެ ގެއާއި ސުކޫލު މަދަރުސާތަކުގެ ވެށްޓަކީ ދަރިވަރުންގެ އީމާންކަމާއި، އަޤީދާ ހަރުދަނާކޮށް ވަރުގަދަ ކުރުމަށް ބާރުއަޅާ ތަންތަނަށް ވާންޖެހޭކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ. އީމާ...

11 Nov 2022 | 09:19

އަހަރަމެންގެ ގެއާއި ސުކޫލު މަދަރުސާތަކުގެ ވެށްޓަކީ ދަރިވަރުންގެ އީމާންކަމާއި، އަޤީދާ ހަރުދަނާކޮށް ވަރުގަދަ ކުރުމަށް ބާރުއަޅާ ތަންތަނަށް ވާންޖެހޭކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

އީމާންކަން ހަރުދަނާ ކުރުމުގެ މައްޗަށް މިއަދު ދިން ހުކުރު ހުތުބާގައި ވިދާޅުވީ ގެއާއި ސުކޫލު މަދަރުސާތަކުގެ ވެށްޓަކީ ދަރިވަރުންގެ އީމާންކަމާއި، އަޤީދާ ހަރުދަނާކޮށް ވަރުގަދަ ކުރުމަށް ބާރުއަޅާ ތަންތަނަށް ވާންޖެހޭކަމަށާއި އަހަރެމެންގެ ދަރިންގެ ތައުލީމާއި ތަރުބިއްޔަތުގައި، ގެއާއި މަދަރުސާގެ ޙިއްސާގެ ބޮޑުކަމަށެވެ.

އަދި ދަރިން ނަމޫނާއަކަށް ބަލާނީ، މައިންބަފައިންނާއި މުދައްރިސުންކަމަށާއި އެމީހުންގެ އަމަލުތައް އީމާންކަމުން ޒީނަތްތެރި ނުވާނަމަ، ނުވަތަ އެއީ، އަޚުލާގު ނުބައި ބަޔަކަށް ވެއްޖެނަމަ، ދަރިންގެތަރުބިޔަތަށް އޭގެ ނުރަނގަޅު އަސަރު ކުރާނެކަމަށް ޚުތުބާގައި ވިދާޅުވިއެވެ.

މީގެ އިތުރުން ގައުމުގެ ތަޢުލީމީ މަންހަޖު ހަރުދަނާކޮށް ލަދަރިންގެ ހިތްތަކުގައި އީމާންކަން ހަރުދަނާ ކުރެވޭނެ ގޮތްކެއްގެމައްޗަށް ބިނާކޮށް އެ މަންހަޖު ތަންފީޒުކުރެވޭނޭ ގޮތެއް ރާވަން ހެގޭކަމަށާއި އެކުދިންގެ ހިތްތަކުގައި ދީނީ އަޤީދާ ވަރުގަދަވާނޭ ގޮތްތަކެއް ވިސްނަން ޖެހޭކަމަށް ވެސް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.

ހަމައެހެންމެ އިސްލާމީ އުއްމަތް ބިނާކޮށް ތަރައްޤީކުުރުމުގައި ޒުވާނުންގެ ދައުރަކީ ވަރަށް މުހިއްމު ދައުރެއްކަމުން، އެމީހުންނަށް ދެވޭ ތަރުބިއްޔަތާއި، ތަޢުލީމުގެ މިސްރާބު ހުރިނެތްގޮތް ވަޒަންކޮށްލަންޖެހޭކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ. އަދި އަހަރެމެންގެ ހުރިހާ ކަމެއްވެސް ބައްޓަން ކުރަންޖެހޭނީ އިސްލާމީ ހަމަތަކާ އެއްގޮތަށްކަން ފާހަގަކުރައްވާ، އަހަރެމެންގެ ގެއާއި، ސްކޫލް މަދަރުސާތަކުގެ ވެށްޓަކީވެސް ދަރިވަރުންގެ އީމާންކަމާއި، ޢަޤީދާ ހަރުދަނާކޮށް ވަރުގަދަކުރުމަށް ބާރުއަޅާ ތަންތަނަށް ވާންޖެހޭކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް