އާލިއާގެ ދެމައިން ހޮސްޕިޓަލުން ދޫކޮށްލައިފި، ގެއަށް ދިޔައީ ވަރަށް ސިއްރުން!

ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓް އާއި އަލަތު ދަރިފުޅު ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ. އާލިއާ ވިހެއީ މިމަހުގެ ހަ ވަނަ ދުވަހު އެވެ. ވިހެއުމާއި އެކު ފިރިމީހާ ރަންބީރާއި ދެމީހުން ވަނީ އަންހެން ދަރިއަކު ލިބުނ...

11 Nov 2022 | 08:01

ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓް އާއި އަލަތު ދަރިފުޅު ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

އާލިއާ ވިހެއީ މިމަހުގެ ހަ ވަނަ ދުވަހު އެވެ. ވިހެއުމާއި އެކު ފިރިމީހާ ރަންބީރާއި ދެމީހުން ވަނީ އަންހެން ދަރިއަކު ލިބުނުކަން އިއުލާނުކޮށްފައި އެވެ.

އޭގެ ފަހުން އެއްވެސް މައުލޫމާތެއް ހާމަކޮށްފައި ނުވާއިރު އިއްޔެ ހޮސްޕިޓަލުން ދޫކޮށްލުމުން ގެއަށް ދިޔައީވެސް ވަރަށް ސިއްރުން ކަމަށްވެ އެވެ. ހޮސްޕިޓަލުން ދޫކޮށްލާ ގަޑިއަށް ޕަޕަރާޒީން އަދި މީޑިއާއަށްވެސް އަންގާފައެއް ނުވެ އެވެ. އެހެންވެ އެ މަންޒަރު ވީޑިއޯކޮށް ފޮޓޯ ނެގިފައިވަނީ24 ގަޑިއިރު އެވަގުތަށް ފާރަލައި ލައި ތިބި ޕަޕަރާޒީންނަށެވެ.

އާންމުވި ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި ކާރުގައި ދެމަފިރިން ތިބި އިރު ދަރިފުޅު އޮތީ ރަންބީރު އަތުގައި އެވެ. އެމީހުންގެ ގާތް މީހަކު މީޑިއާގައި ބުނީ ދަރިފުޅާއި އެކު އެމީހުންގެ ދިރިއުޅުން އަދި މީޑިއާއަށް މާބޮޑަށް އެނގޭކަށް ބޭނުމެއް ނުވެ އެވެ.

މިވަގުތު ބޭނުންވަނީ ޕްރައިވަސީކަމަށް ރަންބީރު ބުނެފައިވާ ކަމަށްވެ އެވެ.

ރަންބީރާއި އާލިއާ ކައިވެނި ކުރީ މިއަހަރުގެ އޭޕްރިލް މަހުގެ14 ވަނަ ދުވަހު އެވެ. އަލަތު ދަރިފުޅު ލިބެން އުޅޭކަން އިއުލާނު ކުރީ މިދިޔަ ޖޫން މަހުގެ ފަހުކޮޅު އެވެ.

އާލިއާ ވިހެއުމާއި އެކު ރަންބީރުވެސް ވަނީ ފިލްމީ މަަސައްކަތްތަކުން ހަ މަހެއްހާ ދުވަހުގެ ބްރޭކެއް ނަގާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް