ބުދަ ދުވަހުގެ ރޭ ހ. ސެންޑްރޯޒްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މަރުވި ބަންގްލަދޭޝް އަށް ނިސްބަތްވާ ދެމީހުންނާއި ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނަ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހާގެ މައުލޫމާތު ހާމަކޮށްފިއެވެ.
ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައި ކޮމިޝަނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުގައި އެމީހުންގެ މައުލޫމާތު ވަނީ ހާމަކޮށްފައެވެ.
އެގޮތުން އަލިފާނުގެ ހާދިސާގައި މަރުވެފައިވަނީ އާސިއާ ބޭގަމް، ޕާސްޕޯޓް ނަމްބަރު BK0977764 އަދި އުއްޒަލް، ޕާސްޕޯޓް ނަމްބަރު EG0289266 ކަމަށް ބުނެފައިވެއެވެ.
ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނަނީ ތައްޔިބު ނަމަކަށް ކިޔާ ބަންގްލަދޭޝްގެ ރައްޔިތަކަށް ކަމުގައިވެސް ބަންގްލަދޭޝް މީޑިއާގައި ރިޕޯޓްކޮށްފައިވެއެވެ.
މަރުވި 10 މީހުންގެ ތެރެއިން ދެ މީހަކީ ބަންގްލަދޭޝް ދެމީހެއްކަން ބަންގްލަދޭޝް އެމްބަސީއާއި އާއި ހަވާލާދީ ބުނެފައިވާއިރު މަރުވި 10 މީހުންގެ ތެރެއިން ހަތް މީހަކީ އިންޑިއާ އަށް ނިސްބަތްވާ ހަތް މީހުންކަމުގައި އިންޑިއާ އެމްބަސީން ރޭގައި ބުނެފައިވެއެވެ. އެކެއްގެ ހަށިގަނޑު އަދި ކަށަވަރު ނުވާކަމަށްވެސް ބުނެފައިވެއެވެ.
އަލިފާނުގެ މި ހާދިސާއަކީ މި ފަހުގެ ތާރީހެއްގައި މާލޭގައި ހިނގި އެންމެ ނުރައްކާތެރި އެއް އަލިފާނުގެ ހާދިސާއެވެ. އަލިފާނުގެ ހާދިސާ ހިނގި މ. ސެންޑްރޯޒްގެ ހުޅަނގުބައިގެ ތިރީގައި ގަރާޖެއް ހުންނައިރު މަތީ ދެ ފަންގިފިލާ ހަދާފައިހުންނަނީ ލޭބާ ކުއާޓާއެއްގެ ގޮތުގައެވެ. އެ ލޭބާ ކުއާޓާގައި އިންޑިއާ ބަންގްލަދޭޝް އަދި ސްރީ ލަންކާއަށް ނިސްބަތާވް މީހުން ދިރިއުޅެމުންދިޔައެވެ. ވަކި ވަކިން ޕާޓިޝަން ޖަހައި ކުދި ކޮޓަރިތަކެއްހެން ހަދާފައިވާ އެ ލޭބާ ކުއާޓާގެ ކޮންމެ ގޮޅިއެއްގައިވެސް ވަކިން ކައްކާ ކެވޭނެހެން ގޭސްފުޅިވެސް ބަހައްޓާފައި ހުންނަކަމަށްވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް