ހުޅުމާލޭ ފޭސް އެކެއްގައި އިތުރު ބަސް ރޫޓަކުން ދަތުރުތައް ފަށައިފި

ހުޅުމާލޭ ފޭސް އެކެއްގައި އިތުރު ބަސް ރޫޓަކުން ދަތުރުތައް ފަށައިފި އެވެ. އެމްޓީސީސީން ބުނީ މިއަދުން ފެށިގެން ކޮންމެ ދުވަހަކު އާރު ފަހެއް ރޫޓުގައި ދަތުރުތައް ކުރަމުންދާނެ ކަމަށެވެ. އެއީ ހުޅުމާލޭ ތެރޭގައ...

11 Nov 2022 | 04:20

ހުޅުމާލޭ ފޭސް އެކެއްގައި އިތުރު ބަސް ރޫޓަކުން ދަތުރުތައް ފަށައިފި އެވެ.

އެމްޓީސީސީން ބުނީ މިއަދުން ފެށިގެން ކޮންމެ ދުވަހަކު އާރު ފަހެއް ރޫޓުގައި ދަތުރުތައް ކުރަމުންދާނެ ކަމަށެވެ. އެއީ ހުޅުމާލޭ ތެރޭގައި ބަހުގެ ހިދުމަތް އިިތުރަށް ފުޅާ ކުރުމަށް އަލަށް ތައާރަފު ކުރި ރޫޓެކެވެ.

މި ރޫޓު މެދުވެރިކޮށް ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ފިތުރޯނު މަގު ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ހުޅުމާލޭގެ މައި ބަސް ރޫޓުތަކާ ގުޅުވައިދޭނެ އެވެ. މި ރޫޓުގައި ބަސް މަޑުކުރާ ބައެއް ސްޓޮޕްތަކުގެ ތެރޭގައި އެމްޓީސީސީ ފެރީ ޓާމިނަލް،، ރެނާޓުސް އިތާމުތް، އަމީން އެވެނިއު، އޯޝަން ފްރޮންޓު އަދި އެފް ޑަބްލިއު ރެސިޑެންސް އާއި ހުޅުމާލޭ ޕޮލިސް ސްޓޭޝަންގެ އިތުރުން ސިންތެޓިކް ޓްރެކް ބަސް ސްޓޮޕް ހިމެނެ އެވެ.

މި ދަތުރަށް ނަގާނީ ފަސް ރުފިޔާ އެވެ. އަދި ކޮންމެ15 މިނެޓަކުން އެ ބަސް ސްޓޮޕްތަކަށް ބަސް މަޑު ކުރާނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެ އެވެ.

މި ރޫޓުގެ ދަތުރުތައް އަދި ކުރުމަށް ހަމަޖެހިފައިވަނީ ފަތިހު 5:45ން ހަވީރު 6:00 އަށެވެ. ހުކުރު ދުވަހު ނަމާދު ވަގުތަށް ހެނދުނު 10:00ން މެންދުރު 1:00ށް މެދުކަނޑާލާނެ އެވެ.

ޓިކެޓް ނަގަން ބޭނުންވާ ފަރާތްތަކަށް އާރްޓީއެލް ވެބްސައިޓުންނާއި އެޕްލިކޭޝަން ބޭނުންކޮށް ޓިކެޓް ނެގޭނެއެވެ.

އެމްޓީސީސީން ބުނީ މިއަދު ފެށި އާ ރޫޓުގެ ބަސް ދަތުރުތަކާއި އެކު އެކު މާލެ ސަރަހައްދުގައި އާރުޓީއެލްއިން ފޯރުކޮށްދޭ ބަސް ރޫޓުތަކުގެ އަދަދު12 އަށް ވަނީ އަރާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް