ބައްރު: އެފްރިކާ
ފީފާ ރޭންކިން: 30
މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު އަދަދު: 5
ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1978
އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2018
ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: ނުވަ ވަނަ ( 1978 )
ކޯޗު
ނަން: ޖަލީލް ކަދުރީ
ގައުމު: ޓިއުނީސިއާ
އުމުރު: 50 އަހަރު
ޓީމާ ހަވާލުވީ: 2022 ވަނަ އަހަރު
ޓިއުނީސިއާގެ ކޯޗު ޖަލީލް ކަދުރީ އަކީ މާ މަޝްޙޫރު ކޯޗެއް ނޫނެވެ. ކެރިއަރުގައި އެއްވެސް ކުލަބަކަށް ކުޅެފައި ނުވާ ޖަލީލް ކަދުރީ ފުރަތަމަ ވެސް ނިކުތީ ކޯޗިން ދާއިރާއަށެވެ. 2001 ވަނަ އަހަރު ކޯޗިން ދާއިރާއަށް ނިކުތް ކަދުރީ ވަނީ އަރަބި ބައެއް ގައުމުތަކުގެ ކުލަބުތަކަށާއި ޓީއުނީސިއާގެ ބައެއް ކުލަބުތަކަށް ކޯޗުކޮށް ދީފައެވެ. އޭނާ ވަނީ މީގެ ކުރިން ޓިއުނީސިއާގެ 23 އަހަރުން ދަށުގެ ޓީމަށް ވެސް ކޯޗު ކޮށްދީފައެވެ. ކަދުރީ އަށް މިހާތަނަށް ކޯޗިން ދާއިރާގައި ހޯދިފައިވާ ހަމަ އެކަނި ކާމިޔާބީއަކީ މިއަހަރު ކުޅެވުނު ކިރިން ކަޕް ޓިއުނީސިއާއަށް ހޯދައިދިނުމެވެ. މިފަހަރުގެ ވޯލްޑް ކަޕް މުބާރާތަކީ ޖަލީލް ކަދުރީގެ ފުރަތަމަ ބައިނަލްއަޤުވާމީ ބޮޑު މުބާރާތެވެ.
މުހިންމު ކުޅުންތެރިން:
ޑައިލަން ބްރޮން
އުމުުރުން 27 އަހަރުގެ ޑައިލަން ބްރޮން އަކީ ޓިއުނީސިއާ ޓީމުގައި މިވަގުތު ހުރި އެންމެ އިތުބާރު އެއް ޑިފެންޑަރެވެ. އިޓަލީގެ ސަލަނިޓަނާ އަށް މިވަގުތު ކުޅެމުން އަންނަ ޑައިލަން އަކީ ފްރެންޗް ލީގުގެ އެފްސީ މެޓްޒް އަދި ބެލްޖިއަމްގެ ޖެންޓް އަށް ވެސް ކުރިން ކުޅެފައިވާ ކުޅުންތެރިއެކެވެ. ޑައިލަން ޓިއުނީސިއާގެ ގައުމީޓީމަށް ކުޅެން ފެށީ 2017 ވަނަ އަހަރުގައެވެ. ޑައިލަން މިހާތަނަށް ޓިއުނީސިއާ އަށް 35 މެޗު ވަނީ ކުޅެދީފައެވެ. އަދި ދެ ގޯލުވެސް ވަނީ ކާމިޔާބު ކޮށްދީފައެވެ.
އެލިއެސް ސްކިރީ
އެލިއެސް ސްކިރީ އަކީ ޓީއުނީސިއާގައި މިވަގުތު ހުރި އެންމެ އިތުބާރު މިޑްފީލްޑަރ ކުޅުންތެރިއާއެވެ. ޖަރުމަން ބުންޑެސް ލީގާގެ އެފްސީ ކޮލޯން އަށް މިވަގުތު ކުޅެމުން އަންނަ ސްކިރީ ވަނީ މީގެ ކުރިން ފްރާންސް ލީގުގެ މޮންޓްޕެލިއާ ޔޫތް ޓީމަށާއި މޮންޓްޕެލިއާ ސީނިއާ ޓީމަށްވެސް ކުޅެފައެވެ. ނިިމިގެން ދިޔަ އަހަރު ޓިއުނީސިއާގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމުވެސް ހޯދާފައިވާ ސްކިރީ ޓިއުނީސިއާގެ 23 އަހަރުން ދަށުގެ ޓީމަށް ކުޅުމަށް ފަހު ޓިއުނީސިއާގެ ސީނިއަރ ޓީމަށް ބަދަލުވީ 2018 ވަނަ އަހަރުއެވެ. އޭނާ ވަނީ މިހާތަނަށް ޓިއުނީސިއާއަށް ކުޅެދިން 45 މެޗުގައި ތިން ގޯލު ޖަހައިދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް