ތަޖުރިބާކާރު ދެ ފޯވާޑުން ކަމުގައިވާ ލުއިސް ސުއަރޭޒް އަދި އެޑިންސަން ކަވާނީ ހިމަނައިގެން ގަތަރު ވޯލްޑް ކަޕަށް ދާ އުރުގުއޭގެ ފައިނަލް ސްކޮޑު އިއުލާން ކޮށްފިއެވެ.
ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކޮޕަ އެމެރިކާ 15 ފަހަރު، އަދި ދުނިޔޭގެ ޗެމްޕިއަންކަން ވެސް ދެ ފަހަރު ހޯދާފައިވާ އުރުގުއޭ ގަތަރު ވޯލްޑް ކަޕަސް ދާ 26 ކުޅުންތެރިންގެ ފައިނަލް ސްކޮޑު ރޭ އިއުލާން ކުރިއިރު، އެންމެ ފަހުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ސްކޮޑުގައިވެސް ހިމެނުނު ގިނަ ކުޅުންތެރިންނަށް ވަނީ ފުރުސަތު ދީފައެވެ. އެ ގޮތުން ޑިއޭގޯ ގޯޑިން އާއި މާޓީން ކަސެރެސް ހިމެނެއެވެ.
އުރުގުއޭ 26 ކުޅުންތެރިންގެ ފައިނަލް ސްކޮޑު
ކީޕަރުން: ފެނާންޑޯ މުސްލެރާ (ގަލަޓަސަރާއީ)، ސާޖިއޯ ރޮޝެޓް (ނޭޝަނަލް)، ސެބަސްޓިއަން ސޯސާ (އިންޑިޕެންޑިއެންޓް)
ޑިފެންޑަރުން: ރޮނާލްޑް އަރައުހޯ (ބާސެލޯނާ)، މާޓިން ކަސެރެސް (އެލްއޭ ގެލެކްސީ)، ސެބަސްޓިއަން ކޯޓްސް (ސްޕޯޓިން ސީޕީ)، ހޯސޭ ޖިމެނޭޒް (އެޓްލެޓިކޯ މެޑްރިޑް)، ޑިއޭގޯ ގޯޑިން (ވެލެޒް ސާސްފީލްޑް)، މަތީއަސް އޮލިވެރާ (ނަޕޯލީ)، ހޯސޭ ލުއިސް ރޮޑްރިގޭޒް (ނޭޝަނަލް)، ގިލަމޯ ވަރެލާ (ފްލެމެންގޯ)، މަޓިއަސް ވިނާ (ރޯމާ)
މިޑްފީލްޑަރުން: ޖިއޮޖިއަން ޑި އަރާސްކޭޓާ (ފްލެމެންގޯ)، ރޮޑްރިގޯ ބެންޓަންކޫ (ޓޮޓެންހަމް)، ނިކޮލަސް ޑެ ލާ ކްރޫޒް (ރިވަރ ޕްލޭޓް)، ލޫކަސް ޓޮރެއިރާ (ގަލަޓަސާރާއީ)، މެނުއަލް އުގާޓޭ (ސްޕޯޓިން ސީޕީ)، ފެޑެރިކޯ ވަލްވާޑޭ (ރެއާލް މެޑްރިޑް)، މަޓިއަސް ވެޗިނޯ (ލާޒިއޯ)
ފޯވާޑުން: އަގުސްޓިން ކެނޯބިއޯ (އެތުލެޓިކޯ ޕަރަނަންސް)، އެޑިންސަން ކަވާނީ (ވެލެންސިއާ)، މެކްސީ ގޮމޭޒް (ޓްރަބްޒޮންސްޕޯ)، ޑާވިން ނޫނޭޒް (ލިވަޕޫލް)، ފަކުންޑޯ ޕެލިސްޓްރީ (މެންޗެސްޓާ ޔުނައިޓެޑް)، ލުއިސް ސުއަރޭޒް (ނޭޝަނަލް)، ފަކުންޑޯ ޓޮރޭސް (އޮލަންޑޯ ސިޓީ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް