އަލިފާނުގެ ހާދިސާގައި މަރުވި ހަތް މީހަކު ނިސްބަތްވަނީ އިންޑިއާއަށްކަން ކަށަވަރުވެއްޖެ

މ. ސެންޑްރޯޒް ހުޅަނގުބައިގާ ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން ހަތް މީހުން ނިސްބަތްވަނީ އިންޑިއާއަށްކަން ކަށަވަރުވެއްޖެއެވެ. މިކަން ހާމަކޮށް ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ބުނ...

11 Nov 2022 | 00:38

މ. ސެންޑްރޯޒް ހުޅަނގުބައިގާ ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން ހަތް މީހުން ނިސްބަތްވަނީ އިންޑިއާއަށްކަން ކަށަވަރުވެއްޖެއެވެ.

މިކަން ހާމަކޮށް ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ބުނެފައިވަނީ އަލިފާނުގެ އެ ހާދިސާގައި މަރުވި ހަތް މީހުންނަކީ އިންޑިއާ މީހުންކަން ރާއްޖޭގެ ކަމާއިބެހޭ ފަރާތްތަކުން އެ އެމްބަސީއަށް ކަށަވަރުކޮށްދީފައިވާކަމަށެވެ.

"އަދި އެކެއްގެ އައިޑެންޓިޓީ ކަށަވަރު ނުވޭ" އެ އެމްބަސީން ބުނެފައިވެއެވެ.

ބުދަ ދުވަހުގެ ރޭގެ އަލިފާނުގެ އެ ހާދިސާގައި ޖުމްލަ 10 މީހަކު މަރުވެފައިވާއިރު އަލިފާނުގެ އެ ހާދިސާއިން ސަލާމަތްކުރި އެކަކަށް އައިޖީއެމް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.

އަލިފާނުގެ މި ހާދިސާއަކީ މި ފަހުގެ ތާރީހެއްގައި މާލޭގައި ހިނގި އެންމެ ނުރައްކާތެރި އެއް އަލިފާނުގެ ހާދިސާއެވެ. އަލިފާނުގެ ހާދިސާ ހިނގި މ. ސެންޑްރޯޒްގެ ހުޅަނގުބައިގެ ތިރީގައި ގަރާޖެއް ހުންނައިރު މަތީ ދެ ފަންގިފިލާ ހަދާފައިހުންނަނީ ލޭބާ ކުއާޓާއެއްގެ ގޮތުގައެވެ. އެ ލޭބާ ކުއާޓާގައި އިންޑިއާ ބަންގްލަދޭޝް އަދި ސްރީ ލަންކާއަށް ނިސްބަތާވް މީހުން ދިރިއުޅެމުންދިޔައެވެ. ވަކި ވަކިން ޕާޓިޝަން ޖަހައި ކުދި ކޮޓަރިތަކެއްހެން ހަދާފައިވާ އެ ލޭބާ ކުއާޓާގެ ކޮންމެ ގޮޅިއެއްގައިވެސް ވަކިން ކައްކާ ކެވޭނެހެން ގޭސްފުޅިވެސް ބަހައްޓާފައި ހުންނަކަމަށްވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް