ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ކޭވައިއާރުސީ ހޯދައިފި

ވާދަވެރި ކުޅުމަކަސް ފަހު ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ކުޅުދުއްފުށި ޔޫތް ރެކްރިއޭޝަން (ކޭވައިއާރްސީ) ހޯދައިފި އެވެ. އެ ޓީމުން ޗެމްޕިއަންކަން ހޯދީ މިރޭ ކުޅުނު ފައިނަލު މެޗުގައި ...

11 Nov 2021 | 17:05

ވާދަވެރި ކުޅުމަކަސް ފަހު ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ކުޅުދުއްފުށި ޔޫތް ރެކްރިއޭޝަން (ކޭވައިއާރްސީ) ހޯދައިފި އެވެ.

އެ ޓީމުން ޗެމްޕިއަންކަން ހޯދީ މިރޭ ކުޅުނު ފައިނަލު މެޗުގައި ގްރީން ސްޓްރީޓް. ޓީމާއި ވާދަކޮށް 44 ޕޮއިންޓު 36 ޕޮއިންޓުން މޮޅުވެގެން ނެވެ.

ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ބޭއްވި މި މުބާރާތުގައި މިއަހަރު 10 ޓީމު ބައިވެރިވެފަ ވެއެވެ. މި 10 ޓީމުގެ ކުޅުން ކުރިޔަށް ގެންދިޔައީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.

ސެމީ ފައިނަލަށް ގޮސްފައިވަނީ ދެ ގްރޫޕުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓު ހޯދި ދެޓީމެވެ.

ސެމީ ފައިނަލުގައި ބައްދަލުކުރީ ގްރޫޕް އޭގެ އެއްވަނަ ޓޯމާއި ގްރޫޕް ބީގެ ދެވަނަ ޓީމެވެ. އަދި ގްރޫޕް ބީގެ އެއްވަނަ ޓީމާއި ގްރޫޕް އޭގެ ދެވަނަ ޓީމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް