ޖުމްހޫރީ ދުވަހާއި ގުޅިގެން ފުލުހުންގެ ކުރު ފިލްމް އިޔާރު

ދިވެހިރާއްޖޭގެ ފަޚުރުވެރި 54 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ދިވެހި ފުލުހުންގެ ޚިދުމަތުން "އިޔާރު: އަވަށްޓެރި ފުލުހުން" ގެ ނަމުގައިި ކުރުު ފިލްމެއް ގެނެސްދީފިއެވެ. ގިނަ ފިލްމުތަކެއްގެ...

11 Nov 2021 | 16:42

ދިވެހިރާއްޖޭގެ ފަޚުރުވެރި 54 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ދިވެހި ފުލުހުންގެ ޚިދުމަތުން "އިޔާރު: އަވަށްޓެރި ފުލުހުން" ގެ ނަމުގައިި ކުރުު ފިލްމެއް ގެނެސްދީފިއެވެ.

ގިނަ ފިލްމުތަކެއްގެ ސްކްރީން ޕްލޭ ލިޔެފައިވާ ތަޖުރިބާކާރު ފަރާތެއް ކަމުގައިވާ މަހުދީ އަހުމަދުގެ ސްކްރީން ޕްލޭ އަކަށް ގެނެސްދީފައިވާ 15 މިނެޓުގެ މި ކުރު ފިލްމް ހިއްސާކޮށްފައިވަނީ ފުލުހުންގެ ފޭސްބުކް ޕޭޖާއި ޔޫޓިއުބުގައެވެ. މި ފިލްމުގައި ދައްކުވައިދޭނީ އެކި އެކި ހާދިސާތައް ހިމަނައިގެން އަވައްޓެރި ފުލުހުންގެ ސަބަބުން މުޖުތައު ރައްކާތެރި ތަނަކަށް  ވުމުގައި ބޮޑު ބާރަކަށްވެގެންދާ

މަންޒަރެވެ. މި ފިލްމުގެ މައިގަނޑު ރޯލުތައް ވެސް ކުޅެފައި ވަނީ ފުލުހުންނެވެ.

މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ ރާއްޖޭގެ މަޝްހޫރު ފަންނާނެއް ކަމަށްވާ މުހައްމަދު މުންތަސިރު (މުންކޮ) އެވެ. އަދި މެއިން ކެމެރާ މަނަކީ ކެމެރާމަން އިބްރާހީމް ވިސާން (ކަނޑި) އެވެ. މީގެ އިތުރުން ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް ކޮށްފައިވަނީ ރާއްޖޭގެ މަޝްހޫރު ފިލްމު ސްޓޫޑިއޯއެއް ކަމަށްވާ އޯކޭޒް އިންކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް