ހުޅުމާލޭގައި ޤާއިމް ކުރެވުނު އެމް.އެން.ޑީ.އެފް ގެ "ކަލާސީން ކޮށި" ހުޅޫވައިފި އެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މކަލާސީން ކޮށި ހުޅުވައިދެއްވީ މިނިސްޓްރީ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ އެވެ.
ކަލާސީނު ކޮށީގައި މިއަދު ހުޅުވި މުހިންމު ތަންތަނުގެ ތެރޭގައި، މެރިޓައިމް އެންޑް ލޮޖިސްޓިކް ބޭސް، ސްމޯލް ބޯޓް ރިޕެއަރ އެންޑްމެއިންޓެނަންސް ސެންޓަރ، ކޯސްޓްގާރޑް ސެކަންޑް ސްކޮޑްރަން، ކޯސްޓްގާރޑް ޑައިވިނގ ޔުނިޓް ހިމެނެ އެވެ.
މީގެ އިތުރުން ޓްރާންސްޕޯރޓް ސަރވިސް ގެ ބޯޓް އޮޕަރޭޝަން ސެންޓަރ ވެސް ހިމެނެ އެވެ. ކަލާސީން ކޮށީގައި ހިމެނޭ ގިނަ އިމާރާތްތަކަކީ، ކޮވިޑް 19 އިގެ ޕެންޑެމިކް ތެރޭގައި، މި ސަރވިސްތަކާ ގުޅުންހުރި ޔުނިޓްތަކުގެ ސިފައިން، ރައްޔިތުންނަށް ބޭނުންވި ޚިދުމަތްތައް ހުއްޓުމެއްނެތި ފޯރުކޮށްދެމުން ކޮށްފައިވާ ބުރަ އަދި ބޮޑެތި މަސައްކަތްތަކެކެވެ.
މި އިމާރާތްތަކުގެ ޑިޒައިނިންގ އިން ފެށިގެން އިންޓީރިޔާގެ ހުރިހާ މަސައްކަތް ތަކަކީވެސް ސިފައިންގެ ހުނަރުވެރިކަން ދައްކައިދޭ މަސައްކަތްތަކެކެވެ.
ޤައުމީ ދިފާއީ ބާރުގެ މޭންޕަވަރ، ރިސޯސަސް، ސިސްޓަމްސް އަދި އޮޕަރޭޝަނަލް ސެންޓަރސް ޤާއިމްކޮށް، ރައްޔިތުންނަށް
ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށްޓަކާ ޤައުމީ ދިފާއީ ބާރަކީ ވަރުގަދަ، ޕްރޮފެޝަނަލް ބަޔަކަށް ހެދުމަކީ މިއަދު ގެ ލީޑަރޝިޕްގެ
އެންމެ ބޮޑު އަދި މުހިންމު އެއް އަމާޒެވެ.
އެގޮތުން ކަލާސީން ކޮށީގައި ހުޅުވިގެންދިޔަ ޚިދުމަތްދޭ ސެންޓަރތަކުގެ ސަބަބުންސިފައިންގެ އޮޕަރޭޝަނަލް ޤާބިލްކަން އިތުރުވެ، ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދާ ޚިދުމަތްތައް ފުޅާވެ އަވަސް ވެގެންދާނެ އެވެ. އަދި ކަނޑުގެ އުޅަނދު ފަހަރަށް ދިމާވާ މައްސަލަތައް އިހުނަށްވުރެ ފަސޭހަކަމާއިއެކު ހައްލުކުރެވި، ކަނޑުމަގުން ދެމުންދާ ޚިދުމަތްތަކަށް ބޮޑުކުރިއެރުމެއް ލިބިގެންދާނެ އެވެ.
މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އާ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަތީފް އާ ޖެނެރަލް އޮފިސަރުންނާ ގިނަ ޢަދަދެއްގެ ސިފައިން ބައިވެރިވެ ލެއްވި އެވެ.
މިއަދު ހުޅުމާލޭގައި މިހުޅުވުނު ކަލާސީން ކޮއްޓަކީ އެމް.އެން.ޑީ.އެފް ގެ ތާރީޚުގައި ހުޅުވާލެވުނު އައު ޞަފްހާ އެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް