ޕިއްޒާ ކިޗަންއަށް އެއް އަހަރު، މިއަދު އޯޑަރު ކުރާ ކޮންމެ ޕިއްޒާއަކަށް ޑިސްކައުންޓު ލިބޭ

އާންމުންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ޕިއްޒާ ކިޗަން ރެސްޓޯރެންޓަށް މިއަދު އެއް އަހަރު ފުރިއްޖެ އެވެ. އަހަރީ ދުވަހުގެ މުނާސަބަތުގައި ކަސްޓަމަރުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް...

11 Nov 2021 | 14:14

އާންމުންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ޕިއްޒާ ކިޗަން ރެސްޓޯރެންޓަށް މިއަދު އެއް އަހަރު ފުރިއްޖެ އެވެ.

އަހަރީ ދުވަހުގެ މުނާސަބަތުގައި ކަސްޓަމަރުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް އޯޑަރު ކުރާ ޕިއްޒާއިން ޑިސްކައުންޓު ދޭން ވަނީ ނިންމާފަ އެވެ.

އެ ރެސްޓޯރެންޓުގެ މެނޭޖްމެންޓުން ބުނީ މިއަދު އޯޑަރު ކުރާ ކޮންމެ ޕިއްޒާއަކުން 10 ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ ކަމަށެވެ.

"ޕިއްޒާ ކިޗަން" ގައި އެންމެ ހާއްސައީ "ފިއްޒާ ކިޗަން ސްޕެޝަލް" ނަމުގައި ތައްޔާރުކުރާ ޕިއްޒާއެވެ.

އެ ތަނުން ތައްޔާރު ކުރާ އިތުރުން ބާވަތްތަކުގެ ޕިއްޒާތަކުގެ ތެރޭގައި ޕިއްޒާ ކިޗަންއިން ޓޫނާ، ޗިކަން، ބީފް އަދި ސީފުޑް ޕިއްޒާ ހިމެނެ އެވެ.

އަދި "ވަޅޯމަސް ޕިއްޒާ" އާއި "ސީފުޑް ޕިއްޒާ" ފަދަ ތަފާތު ނަންނަމުގައި ހުރި ޕިއްޒާއަކީ ޕިއްޒާ ޗިކަންއިން ހިދުމަތް ހޯދާ ފަރާތްތަކުގެ މެދުގައި މަގުބޫލު ވައްތަރުތަކެކެވެ.

އެތަނުން ޕިއްޒާއަށް އޯޑަރު ދިނުމަށް ގުޅަން ޖެހެނީ 3356565 ނަމްބަރަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް