ޢިލްމު އިންސްޓިޓިއުޓް އިން ކުރިއަށްގެންދަން ނިންމާފައިވާ 100 ހާފިޒުން އުފެއްދުުގެ މަޝްރޫޢު އަށް ގިނަ ބައެއްގެ ތަރުޙީބު ލިބެމުން އަންނަ ކަމުގައި ޢިލްމު އިންސްޓިޓިއުޓް އިން ބުނެފި އެވެ.
100 ޙާފިޒުން އުފެއްދުމުގެ މަޝްރޫޢަކީ ދިވެހި މުޖުތަމަޢުގައި ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރުކޮށް ރާއްޖޭގައި ޙާފިޒުން އިތުރުކުރުމުގެ މަތިވެރި މަޤުޞަދުގައި ޢިލްމު އިންސްޓިޓިއުޓް ފޯ އިސްލާމިކް ސްޓަޑީސްގެ ފަރާތުން ކުރިއަށް ގެންދާ ޚާއްޞަ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ފިޒިކަލް ކުލާސްތައް މިވަގުތު ކުރިއަށް ދާނީ މާލޭގައި އެކަންޏެވެ.
އޮންލައިން ކުލާސްތައް މުޅި ރާއްޖެއަށް އަމާޒުކޮށް ކުރިއަށް ގެންދެވޭނެއެވެ. ޢިލްމުގެ އަމާޒަކީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޢިލްމުގެ ފިޒިކަލް ޙިފްޒު ކެމްޕަސްއެއް ޤާއިމް ކުރުން ކަމުގައި މި މަޝްރޫޢުގެ ހެޑް އޮފް ޕްރޮޖެކްޓް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.
މި ކްލާސް ތަކުގައި ބައިވެރިވުމުގެ ޝަރުތަކީ ޤުރުއާން ބަލައިގެން ރަނގަޅަށް ކިޔަވަން އެނގުމެވެ. މީގެ އިތުރުން އެކި ވަރަށް ދަސްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ ކަމުގައި ޢިލްމު އިންސްޓިޓިއުޓުން ވިދާޅުވެއެވެ.
ޢިލްމު އިންސްޓިޓިއުޓުން ވިދާޅުވާ ގޮތުގައި މި ކުލާސްތަކުގައި ކިޔަވައި ދެއްވާނީ ތަޖުރިބާ ކާރު ޤުރުއާން ހިތުދަސް އުސްތާޛުންނާއި އުސްތާޛާއިންނެވެ.
ހާފިޒުން އުފެއްދުމުގެ މަޝްރޫއުގެ ފޯރމް ލުމަށް ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 6 ދުވަހުން ފެށިގެން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. އެގޮތުން 10 ވަނަ ދުވަހާއި ހަމައަށް އެކަނިވެސް މިހާތަނަށް 350 އަށް ވުރެ ގިނަ އެޕްލިކޭޝަން ފޯމް ލިބިފައިވާ ކަމުގައި އެ އިންސްޓިޓިއުޓް އިން ވިދާޅުވިއެވެ.
ޢިލްމު އިންސްޓިޓިއުޓުން މަޢުލޫމާތު ދެއްވާ ގޮތުގައި ކްލާސްތައް ފެށުމަށް ހަމަޖެހިފައިވާ ތާރީޚަކީ 20 ނޮވެމްބަރު 2021 އެވެ. މި ކްލާސްތަކުގެ ކިޔެވުން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އޮންލައިން ކޮންނާއި މާލޭގައި ދިރިއުޅުއްވާ ފަރާތްތަކުން ކުލާހަށް ހާޒިރުވެގެންނެވެ.
އެ އިންސްޓިޓިއުޓުން މަޢުލޫމާތު ދެއްވާ ގޮތުގައި ފިޒިކަލް ކްލާހުގައި ބައިވެރިވެވޭ އުމުރު ފުރާ އަކީީ 6 އަހަރާއި 25 އަހަރާއި ދެމެދުގެ އުމުރު ފުރާއެވެ. އޮންލައިންކޮށް ބައިވެރިވެވޭ އުމުރުފުރާ އަކީ 12 އަހަރާއި 45 އަހަރާއި ދެމެދެވެ.
ޙިފްޒުގެ ސަނަދުގެ ސިލްސިލާއިން ކީރިތި ރަސޫލާއާ ހަމަ އަށް ގުޅުވައިލުމަކީ ޙާފިޒަކަށް ލިބޭނެ ޙިފްޒުގެ އެންމެ މަތިވެރި ޝަރަފެވެ. އެގޮތުން މި ކްލާސްތަކުގެ އެންމެ ޚާއްސަ ކަމަކީ ޙިފުޒު ކޮށް ނިމުމުން ޙިފުޒުގެ ސަނަދުން ސިލްސިލާ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ހަމައަށް ގުޅުވައިދިނުމެވެ.
މިކަން ކުރާ ގޮތައް ހަމަޖެހިފައިވަނީ އެފަދަ އިޖާޒާ ސަނަދު ލިބިވަޑައިގެންފައިވާ ދަންނަބޭކަލުން ނުވަތަ ޙާފިޒުން ރާއްޖެއިން ބޭރުން ގެނެސްގެން އެކުއްޖަކު ލައްވައި އެބޭފުޅަކަށް ޤުރުއާން އެއްކޮށް ހިތުން ކިޔައިދީގެންނެވެ.
ނުވަތަ ޢިލްމު އިންސްޓިޓިއުޓްގެ ޚަރަދުގައި އެދަރިވަރަކު އެފަދަ ތަނަކަށް ފޮނުވައިގެންނެވެ.
މީގެ އިތުރުން، މި ކްލާސް ތަކުގައި ޙިފުޒު ކުރުމާއެކު، ތަޖުވީދުގެ ހަމަތަކާއި އެކު ރީތި ރާގަށް ޤުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ އިތުރުން ބޭރުގެ އުސްތާޛެއް މެދުވެރިކޮށް ކޮންމެ މަހަކު އަރަބި ކްލާހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމާއި އެކު ބޭރުގެ ތަޖުރިބާ ކާރު އުސްތާޛުން ދަރިވަރުންނާއި ބައްދަލު ކުރާނެއެވެ. އަންހެން ދަރިވަރުންނަށް ތިއްބަވާނީ އަންހެން އުސްތާޛާއިންނެވެ. އަދި ތަރުބަވީ ފިލާވަޅުތަކާއި ޤުރުއާނުގެ އަޚްލާޤް ދަސްކޮށްދެވޭނެއެވެ.
ކްލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ގަޑިތައް:
ހަފްތާ ބަންދުގެ ހުކުރު، ހޮނިހިރު : ކޮންމެ ދުވަހަކު ދޮޅުގަޑިއިރު ކިޔަވައިދޭނެ (ކުލާހަށް ހާޒިރުވެ) ފީ:: މަހަކު 500 ރުފިޔާ
ހަފްތާ ބަންދުގެ ހުކުރު، ހޮނިހިރު : ދޮޅުގަޑިއިރު ކިޔަވައިދޭނެ (އޮންލައިން) ފީ:: މަހަކު 700 ރުފިޔާ
ހަފްތާއަކު 5 ދުވަހު ހުކުރު ހޮނިހިރު ފިޔަވާ (ކުލާހަށް ހާޒިރުވެ) ފީ: މަހަކު 1000 ރުފިޔާ
ހަފްތާއަކު ކޮންމެ ދުވަހަކު، ހުކުރު ހޮނިހިރު ފިޔަވާ (އޮންލައިން) ފީ:: މަހަކު 1100 ރުފިޔާ
ހުކުރު ދުވަސް( ފިޒިކަލް އަދި އޮންލައިން ގަޑިތައް)
ހެނދުނު ދަންފަޅި
07:00 އިން 0830
08:30 އިން 10:00
ހަވީރު ދަންފަޅި:
04:00 އިން 05:30
08:00 އިން 09:30
ހޮނިހިރު ދުވަސް ( ފިޒިކަލް އަދި އޮންލައިން ގަޑިތައް)
ހެނދުނު ދަންފަޅި:
7:00 އިން 08:30
8:30 އިން 10:00
މެންދުރު ފަސް ދަންފަޅި:
1:00 އިން 2:30
2:30 އިން 04:00
8:00 އިން 9:30
އޮންލައިން ކްލާސްތައް: ( ރާއްޖޭއާއި ރާއްޖެއިން ބޭރު)
ހެނދުނު ދަންފަޅި:
6:00 އިން 7:30
7:30 އިން 9:00
މެންދުރު ދަންފަޅި:
1:00 އިން 2:30
4:00 އިން 5:30
ރޭގަނޑު ދަންފަޅި:
8:00 އިން 9:30
ފިޒިކަލް ކުލާސްތައް ކޮންމެ ދުވަހަކު އޮންނަ ގަޑި
ހަވީރު ދަންފަޅި:
4:00 އިން 5:30
8:00 އިން 9:30
100 ޙާފިޒުން އުފެއްދުމުގެ މަޝްރޫޢުގައި ބައިވެރިވުމަށް ފޯމު ފުރުއްވުމަށް މި ލިންކަށް ފިއްތަވާލައްވާށެވެ.
https://forms.gle/6xVnpgjQYXLrBVf88
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް