އުންމީދަކީ ރޮނާލްޑޯ ސިޓީން ފެނިގެން ދިއުން - ބަނާޑޯ ސިލްވާރ

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޯޗުގަލް އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ މެންޗެސްޓަރ ސިޓީން ފެނިގެން ދިއުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށް މެންޗެސްޓާރ ސިޓީއަށް ކުޅެމުން އަންނަ ޕޯޗުގަލް...

11 Nov 2021 | 12:44

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޯޗުގަލް އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ މެންޗެސްޓަރ ސިޓީން ފެނިގެން ދިއުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށް މެންޗެސްޓާރ ސިޓީއަށް ކުޅެމުން އަންނަ ޕޯޗުގަލް މިޑްފީލްޑަރ ބަނާޑޯ ސިލްވަރ ބުނެފިއެވެ.

ބަނާޑޯ ސިލްވާ ބުނީ ރޮނާލްޑޯ އަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ އިތުބާރު އަދި އެންމެ މޮޅު ކުޅުންތެރިއާ ކަމަށް ގަބޫލު ކުރާކަމަށާއި ރޮނާލްޑޯ ހުރުމަކީ ކޮންމެ ޓީމަކަށް ވެސް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.. އަދި މިފަހަރުގެ ޓްރާންސްފާ މާކެޓްގައި އިޓަލީގެ ޔުވެސްޓަސް އިން ޔުނައިޓެޑަށް ބަދަލުވި ރޮނާލްޑޯ ޔުނައިޓެޑްގައި ދައްކަމުން އަންނަ ކުޅުމަކީ މޮޅު ކުޅުމެއް ކަމަށާއި ކޮންމެ ޓީމަކުން ވެސް ރޮނާލްޑޯ ބޭނުންވާނެ ކަމަށް ގަބޫލް ކުރާ ކަމަށް ބަނާޑޯ ސިލްވާ ބުންޏެވެ.

އެންމެ ފަހުން ސިޓީއާއި ދެކޮޅަށް ކުޅެ ޔުނައިޓެޑް ބަލިވި މެޗަށް ފަހު ރޮނާލްޑޯއަށް ކުރެވުނު ހިއްތަދި އިހުސާސްތަކާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސިލްވާ ބުނީ މެޗުން ބަލިވުމުން ރޮނާލްޑޯގެ މޫނުމަތިން ފެނިގެން ދިޔަ ހިތާމައިގެ އިހުސާސްތައް ވަރަށް ރަނގަޅަށް ފާހަގަވި ކަމަށެވެ. އަދި ރޮނާލްޑޯ އަކީ ބަލި ގަބޫލު ކުރާނެ ކުޅުންތެރިއެއް ނޫން ކަމަށާއި ކަށިން ހިއްވަރު ނެރެގެން ވިޔަސް ޓީމަށް މޮޅެއް ހޯދައިދިނުމަކީ ރޮނާލްޑޯގެ އެންމެ ބޮޑު އުންމީދު ކަމަށެވެ. އެހެން ކަމުން މެޗަކުން ބަލިވުމުން ކުރެވޭނެ އެންމެ ހިތްދަތި އިހުސާސްތައް ރޮނާލްޑޯގެ ފަރާތުން ފެނިގެން ދިޔަ ކަމަށް ވެސް ސިލްވާ ބުންޏެވެ.

" ރޮނާލްޑޯ އަކީ މޮޅު ކުޅުންތެރިއެއް. އޭނާ އަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ފޯވާޑް. ޔުނައިޓެޑަށް އެނބުރި އައިސް އެކަން އޭނާ ވަރަށް ރަނގަޅަށް ހާމަކޮށްދެމުން ދަނީ. އެންމެ ފަހުން ކުޅުނު ޑާބީ މެޗުން ބަލިވުމުން ރޮނާލްޑޯ އަށް ކުރެވުނު ހިތްތަދި އިހުސާސަތައް އަހަންނަށް ފެނުނު. އެއީ އޭނާ އަކީ ބަލި ގަބޫލް ކުރާ ކުޅުންތެރިއަކަށް ނުވާތީ، އެފަދަ އިހުސާސްތައް ކުރެވުނީ." ބަނާޑޯ ސިލްވާ ބުންޏެވެ.

މީގެ އިތުރުން ސިލްވާ ބުނީ ޔުނައިޓެޑާއި އެކު ރޮނާލްޑޯގެ ރަންތާރީޚެއް އޮތް ނަމަވެސް މިހާރު އެކަން ފިލައި ގޮސްފައިވާ ކަމަށާއި އެގޮތުން ޔުނައިޓެޑްގެ މިހާރުގެ ހާލަތަށް ބަލާއިރު، ރޮނާލްޑޯއަށް އެ ކުލަބުގައި ކާމިޔާބީއެއް ހޯދި ދާނެ ކަމަށް ގަބޫލް ނުކުރާ ކަމަށެވެ. އަދި ސިޓީއަށް ބަދަލުވުމަށް ލިބުނު ފުރުސަތައް ފުރަގަސްދީ ޔުނައިޓެޑަށް ރޮނާލްޑޯ ބަދަލުވުމަކީ ހެދުނު ގޯހެއް ކަމަށް ވެސް ބަނާޑޯ ސިލްވާ ބުންޏެވެ.

މީގެ އިތުރުން ބަނާޑޯ ސިލްވާ ބުނީ ރޮނާލްޑޯ ސިޓީން ފެނިގެން ދިއުމަކީ އޭނާ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް