މިނިމަމް ވޭޖު ކަނޑައެޅުމާއެކު ޒުވާނުންނަށް ހެޔޮ ބަދަލުތަކެއް އަންނާނެ: ޔައުގޫބް

މިނިމަމް ވޭޖު ކަނޑައެޅުމާއެކު ޒުވާނުންނަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ ވަޒީފާ އަދާކުރާ މީހުންނަށް ވެސް އޭގެ ހެޔޮ ބަދަލު...

11 Nov 2021 | 12:09

މިނިމަމް ވޭޖު ކަނޑައެޅުމާއެކު ޒުވާނުންނަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ ވަޒީފާ އަދާކުރާ މީހުންނަށް ވެސް އޭގެ ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށާއި ބަދަލުތައް ފެންނާނީ އަންނައަހަރު ކަަމަށެވެ.

މިނިމަމް ވޭޖަކީ މީގެ ކުރިން އެއްވެސް ސަރުކާރަކަށް ކަނޑައަޅަން ނުކެރުނު އެއްޗެއް ކަމަށާއި އެ ސަރުކާރުތައް އޮތީ ނުފޫޒުގަދަ މީހުންގެ ބިރަށް ކަމަށް ވެސް ޔައުގޫބް ވިދާޅުވި އެވެ.

ޔައުގޫބް އިތުރަށް ވިދާޅުވީ މި ސަރުކާރަކީ ރައްޔިތުންނަށްޓަކައި ކުރާން ޖެހޭ ޖެހުނު ކަމެއް ދޫކޮށްނުލާނެ ސަރުކާރެއްކަން މިއަދު ޔަގީންވެގެން ހިނގައްޖެ ކަމަށެވެ. އަދި މަސްވެރިންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމަކީ އެޖެންޑާ19 އާއި އެމްޑީޕީން ރިޔާސީ އިންތިޚާބުގައި ވެސް ވައުދުވެފައިވާ ކަމެއް ކަމަށް ޔައުގޫބު ވިދާޅުވި އެވެ.

އެހެންކަމުން މަސްވެރިންނަށް ދެމެހެއްޓެނިވި ގޮތެއްގައި ދާއިމީ ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރުން އަމާޒު ހިފައިފައިވާ ކަމާމެދުގައި ޝައްކު ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ވަޢުދާއި އެއްގޮތަށް މިނިމަމް ވޭޖު ކަނޑައަޅައިދިނިންކަމަށްޓަކައި ޔައުގޫބު ވަނީ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް