ނަރުސްގެ ހަށިގަނޑު އާއިލާއާ ހަވާލުކުރުމަށް ފިލިޕިންސްއަށް ފޮނުވައިފި!

އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕިންސްގެ ނަރުސް މޭރީ ގްރޭސްގެ ހަށިގަނޑު ގައުމަށް ފޮނުވައިފި އެވެ. އޭނާ ދަންޖެހިގެން މަރުވީ ކަމަށް ބުނެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ ފިރިމީހާ މާވިން އެވެ...

11 Nov 2021 | 10:50

އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕިންސްގެ ނަރުސް މޭރީ ގްރޭސްގެ ހަށިގަނޑު ގައުމަށް ފޮނުވައިފި އެވެ.

އޭނާ ދަންޖެހިގެން މަރުވީ ކަމަށް ބުނެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ ފިރިމީހާ މާވިން އެވެ. އެކަމަކު މަރުގައި ޝައްކު އުފެދޭ ކަންތައްތަކެއް ހުރުމުން މޭރީގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމުން އޭނާ މަރުވެފައިވަނީ ބޮލަށް ލިބުނު ފުން ޒަހަމްތަކަކަކުންކަން އެނގިފައިވެ އެވެ.

މި މައްސަލައިގަ އޭނާގެ ފިރިމީހާ މީގެ 15 ދުވަސް ކުރިން ހައްޔަރުކޮށްފައިވެ އެވެ. ފުލުހުން ބުނީ އެ މައްސަލައިގަ މާވިންގެ ބަންދަށް މިއަދު އިތުރު 15 ދުވަސް މިއަދު ކްރިމިނަލް ކޯޓުން ޖަހައިދީފަވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މޭރީގެ ހަށިގަނޑު އާއިލާއާ ހަވާލު ކުރުމަށް ފިލިޕިންސްއަށް ފޮނުވީ އިއްޔެ މެންދުރު ފަހު ކަމަށެވެ.

މި މައްސަލައިގަ މާވިންއަށް ޝައްކުކުރަން ޖެހުނީ މޭރީގެ ހަށިގަނޑުން ދަންޖެހިފައިވާ ކަމުގެ އަލާމާތެއް ފެންނަން ނެތުމާއި ފުލުހުން ދިއުމުގެ ކުރިން ދަންޖެހިފައިވާކަމަށް ބުނާތަން ސާފުކޮށްފައިވުމުންނެވެ. އަދި އޭނާ ދަންޖެހުނު ކަމަށް ބުނެ ދެއްކި ކޮޓަރިއަކީ ދަންޖެހެވޭނެ ގޮތަކަށް ހުރި ތަކަކަށް ނުވާތީ އެވެ.

ފަހުން އެނގުނު ގޮތުގައި މާވިން އުޅުނީ އައިޖީއެމްއެޗުގައި މަސައްކަތް ކުރާ ދިވެހި ނަރުހަކާއި ލޮބީގެ ގޮތުން ގުޅިގެންނެވެ. އަދި އެމީހުން އުޅެމުންދިޔައީ ފާޅުގައި ކަމަށާއި އެކަން މޭރީއަށްވެސް އެނގޭ ކަމަށް މައުލޫމާތު އެނގޭ މީހުން މީޑިއާގައި ބުނެފައިވެ އެވެ.

ފުލުހުން ވަނީ މާވިންގެ ލޯބިވެރިޔާ ކަމަށް ބުނާ ދިވެހި ނަރުސްގެ ފޯނުވެސް ތަހުގީގަށް ހިފަހައްޓާފަ އެވެ.

ފުލުހުން ދަނީ އަދިވެސް މިމައްސަލަ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް