ކުރީގެ ރައީސަަކަށް މުސާރައާއި އިނާޔަތް ލިބޭނަމަ ކޮންމެވެސް އެކައްޗެއް އިޚްތިޔާރު ކުރައްވަން ޖެހޭ ކަމަށް ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ވިދާޅުވެއްޖެ އެވެ.
ޑރ. އިޔާޒު ޓްވިޓަރގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވެފައި މިވަނީ މި އަހަރަށް ކަނޑައެޅި ބަޖެޓުގައި ކުރީގެ ރައީސުންނަށް ދޭ އިނާޔަތުގެ ގޮތުގައި ބޮޑެތި އަދަދުތަކެއް ހިމެނުމާއި ގުޅިގެން އާންމުރައްޔިތުންގެ ފާޑުކިޔުންތައް އަމާޒު ވެފައިވާ ދަނޑިވަޅެއްގަ އެވެ.
އެގޮތުން މި އިނާޔަތްތަަކަކީ ރާއްޖޭގެ އިޤްތިޞާދާއި ނުބައްދަލު އަދަދުތަކެއް ކަމަށް ގިނަ ފަރާތްތަކަކުން ދަނީ ބުނަމުން ނެވެ.
އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް ޑރ. އިޔާޒްގެ ޓްވިޓަރގައި ހިއްސާކުރެއްވި ޕޯސްޓްގައި ވިދާޅުވެފައި ވަނީ އަމިއްލަ ގެދޮރު ހުންނަ ބޭފުޅުންނަށް ލިވިންގ އެލަވަންސް އުނިކުރަންޖެހޭ ކަމުގަ އެވެ.
https://twitter.com/dr_iyaz/status/1458504206222970880?s=20
ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަސް އެލަވަންސް ދިނުމުގެ ޤާނޫނުގެ ދަށުން އެއްދައުރު ކަމުގައި ކަނޑައެޅޭ ވެރިކަމުގެ ފަސް އަހަރު ނިންމަވާފައިވާ ބޭފުޅުންނަށް މަހަކު 50،000 ރުފިޔާގެ އެލަވަންސެއް ދޭންޖެހެ އެވެ. އަދި އެއްދައުރަށް ވުރެ ގިނަ ދުވަހު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް މަހެއްގެ މައްޗައް 75،000 ރުފިޔާގެ އެލަވަންސެއްގެ އިތުރުން، ލިވިންގ އެލަވަންސްގެ ގޮތުގައި 50،000 ރުފިޔާ ހިމެނޭހެން ފައިދާ ހުރި މަސައްކަތް ކުރައްވާ އޮފީހެއް ހިންގަވާނަމަ މަހަކު 175،000 އޮފީސް ހިންގުމުގެ ޚަރަދުތަކަށް ދިވެހިރާއްޖޭގެ ދަޢުލަތުން ހަމަޖައްސާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް