ބޭ އޮފް ބެންގޯލްގެ ހުޅަނގު ދެކުނުގައި އުފެދިފައިވާ ކޮޅިގަނޑު މިއަދު އިންޑިއާގެ އައްސޭރި ފަށާނެ ކަމަށް ލަފާކޮށްފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ އެ ކޮޅިގަނޑު ހުޅަނގު އުތުރަށްޖެހި އިންޑިއާގެ އައްސޭރި ފަށަށް މިއަދުގެ ވަގުތެއްގައި އަރާނެ ކަމަށެވެ. މެޓުން ބުނީ އޭގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށެވެ.
އެގޮތުން ކުރިޔަށް އޮތް ތިން ދުވަހު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ އާންމު ވަޔާއި ކަނޑުތައް ގަދަވާނެ ކަމަށް ބުނެ އެވެ. މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަސް އިލްތިމާސް ކޮށްފަ އެވެ.
ކުރިޔަށް އޮތް ތިން ދުވަހު މެދުރާއްޖެތެރޭ އަތޮޅުތަކަށް ގަޑިއަކު17 މޭލާއި27 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެ އެވެ. އެހެން ސަރަހައްދުތަކަށް ވައި ޖެހޭނެ ކަމަށް ލަފާ ކުރަނީ15 މޭލާއި25 މޭލާއި ދެމެދުގެ ބާރު މިނުގައި އެވެ.
ވިލާގަނޑުގައި40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެ އެވެ. މެޓް އޮފީހުން ވަނީ ވަޔާއި ކަނޑު ގަދަވާނެތީ މުޅި ރާއްޖެއަށް ވައިޓް އެލާޓު ނެރެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް